Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އައްޑޫގެ ޔޫތު ކޭމްޕަކަށް ހުޅުވާލައިފި

އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ ޔޫތު ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޭމްޕަކީ ކައުންސިލާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން އަންނަ މަހުގެ 4-8 އަށް ބާއްވަބް ހަމަޖެހިފައިވާ ކޭމްޕެކެވެ. މީގައި ބައިވެރިވާން ޝައުގުވެރިވާ 16-20 އަހަރާ ދެމެދުގެ ޒުވާނުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކޭމްޕުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ އަށް ބައިވެރިއަކަށެވެ. އަދި ކޭމްޕް ކުރިއަށް ދާނީ ހިތަދޫގައި ހުންނަ ކައުންސިލް އިދާރާގަ އެވެ. ބައިވެރިވާން ބޭނުންވާ މީހުން ނަމާއި އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު ހިމަނައި މެއިލް ކުރަން ޖެހެނީ މި hithadhoo@add​ucity.gov.mv މެއިލަށެވެ.