Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ގަމުގައި އަސްކަރީ ތަމްރީނެއް ބާއްވަނީ

އައްޑޫ ގަމުގައި ސިފައިންގެ އަސްކަރީ ތަމްރީނެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީއެންޑީއެފް ސަދަން އޭރިއާ އިން ބާއްވާ މި ތަމްރީނުގައިގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ހަމަޖެހިފައިވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ތަމްރީނު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށް ކަމަށެވެ. އެ މުއްދަތުގައި ތަމްރީނު ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 12:00 އާ ހަމައަށް ކަމަށެވެ.

ތަމްރީނުގައި ބޭނުންކުރާ ހަތިޔާރު/ޕައިކޯޓެކްނިކްސްތަކުގެ ތެރޭގައި މިނީފްލޭއާ އާއި ޓްރިޕް ފްލޭއާ އަދި ޕައިރޯސް ހިމެނެ އެވެ. އަދި ވައިގެ ސަރަހައްދުގެ ގޮތުގައި އުސްމިނުގައި 200 މީޓަރު ބޭނުން ކުރާނެ އެވެ.

އެހެންވެ ތަމްރީނު ކުރިއަށްދާ މުއްދަތުގެ ތެރޭގައި ތަމްރީނު ކުރިއަށް ގެންސާ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިނިސްޓްރީން އެދިފައިވެ އެވެ.