Last Updated: April 23, 16:44
Tuesday, April 23, 2024
މުނިފޫހިފިލުވުން

މަލައިކާގެ ޝޯގެ ޕްރޮމޯ ދައްކާލައިފި

ބޮލީވުޑްގައި އައިޓަމް ގާލްއެއްގެ ގޮތުގައި މަޝްހޫރުވި ކުރީގެ ސުޕަ މޮޑެލް މަލައިކާ އަރޯރާގެ ރިއަލިޓީ ޝޯ "މޫވިން އިން ވިތު މަލައިކާ" ގެ ޕްރޮމޯއެއް އާންމުކޮށް، އެ ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އުމުރުން މިހާރު 49 އަހަރުގެ މަލައިކާގެ ލައިސްޓައިލް ފެންނާނެ މި ޝޯ ބެލުންތެރިންނަށް ގެނެސްދޭނީ ޑިޒްނީ ޕްލަސް ހޮސްޓާއިންނެވެ. އެގޮތުން "މޫވިން އިން ވިތު މަލައިކާ" ގައި މަލައިކާގެ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރާ ގުޅުން ހުރި އެތައް ކަމެއް ގެނެސްދޭނެ އެވެ.

އޭނަގެ މި ޝޯ ޕްރީމިއާކުރާ ތާރީހު އިއުލާންކުރީ ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ފުރަތަމަ އައިޓަމް ލަވަ ވެސް އިއްޔެ އާންމުކޮށްފައި ވަނިކޮށެވެ. އެ ލަވަ އަކީ އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ "އާޕް ޖެއިސާ ކޮއީ" އެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒްގެ ޚާންގެ ކުރީގެ އަންހެނުން މަލައިކާ އަކީ، ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް، 37، ގެ ލޯބިވެރިޔާ އެވެ. މަލައިކާ އާއި އަރުބާޒްގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ ދަރިއަކީ އަރުހާން ޚާން، 20، އެވެ.