Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުން 8 ބުރިއަށް ހުއްދަ

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނު / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި އިމާރާތް ކުރުމުގެ އުސްމިން 8 ފްލޯ ހަމައަށް އިތުރު ކުރުމަށް ހުއްދަަ ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި މިވަގުތު އިތުރުވަމުންދާ އާބާދީއާއި އެއްވަރަށް ވިޔަފާރިތައް އިތުރުވަމުންދާ ކަމަށެވެ. އަދި މިއާއެކީ ވިޔަފާރިތަށް ފުޅާ ކުރުމަށް ޖާގަ އެދެމުން އަންނަ އިރު އެ ސަރަހައްދުގައި އިމާރަތް ކުރުމުގެ ހުއްދަ ދެވިފައިވަނީ 6 ވަނަ ފްލޯއާ ހަމައަށް ކަމަށެވެ. ނަމަވެސް ޑިމާންޑަށް ބަލައި އިމާރާތް ކުރުމުގެ އުސްމިނަށް އިތުރު ދެ ފްލޯ އިތުރުކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ބަދަލާ އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޙިދުމަތް ހޯދާއި ޙިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ފާހަގަކުރެ އެވެ.

ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީ އަށް ޙިދުމަތް ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން މަގުގެ ޓްރެފިކަށް ވެސް ބަދަލު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.