Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ދޮންދިގުގެ އަދަބު ލުއިކުރަން އިސްތިއުނާފުކޮށްފި

ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގުމުގެ ކުށް ސާބިތުވެ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ފުލުސް މީހާ އަބްދައްރަހުމާން ރަފީއު (ދޮންދިގު) ގެ އަދަބު ކުޑަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯ ޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކުރީ ރަފީއުއޭނައަށް ކްރިމިކަލް ކޯޓުން ސެޕްޓެމްބަރު މަހު އިއްވީ އެއް އަހަރާއި އެއް މަހުގެ ޖަލު ހުމުކެވެ. ރަފީއު ވަނީ ހުކުމް އިއްވުމުގެ ކުރިން ކުށަށް އިއުތިރާފުވެ މާފަށް ވެސް އެދިފަ އެވެ.

އެހެންވެ އެ މައްސަލައިގައި އިއުތިރާފުވުމުން ދައުލަތުން އެދުނީ ރަފީއުގެ މައްޗަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަށްވުރެ އެއް ދަރަޖަ ދަށްކޮށް އަދަބު ކަނޑައެޅުމަށެވެ. ނަމަވެސް ފަނޑިޔާރަށް ލިބޭ އިހުތިޔާރުގެ ދަށުން ދޮންދިގަށް ހުކުމް ކުރީ އަދަބުގެ ދެ ގުނަ މަތި ކުރުމަށް ފަހު އެވެ.

ޕީޖީން އަބަދު ލުއިކުރަން މައްސަލަ އިސްތިއުނާފުކުރަން ނިންމީ އެ ސަބަބާ ހުރެ އެވެ. އެގޮތުން އަދަބު 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށްދިނުމަށް އެދި ޕީޖީން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އަދަބު ލުއިކުރަން ޕީޖީން މަސައްކަތް ކުރާ އިރު، އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގއި ތުހުމަތުވާ އެންމެންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ވެސް ލުއި އަދަބު ލިބޭ ގޮތަށެވެ.

އެގޮތުން ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.