Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރު ދީފި

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރު ދީފި އެވެ.

މި ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

އިންޑިއާ އިން މީގެކުރިން ވެސް ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް މާލީ ގޮތުން އެހީ ފޯރުކޮށްދީފަ އެވެ.