Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

ގއ. އަތޮޅުތަގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ ދަންވަރު ގއ.އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

މިގޮތުން ބެލި ބެލުމުން، ގދ.ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ރާއްޖެގަޑިން މިރޭ ދަންވަރު 12:11 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ މީގެ ސަބަބުން ރާއްޖެ އަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.