Last Updated: July 5, 20:34
Saturday, July 5, 2025
މުނިފޫހިފިލުވުން

ކެޓްރީނާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް

"ކޭ ބިއުޓީ" ގެ ނަމުގައި އަމިއްލަ މޭކަޕް ބްރޭންޑެއް ވެސް ލޯންޗްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް މިހާރު ހެލްތު އެންޑް ވެލްނެސް ބްރޭންޑެއް ވެސް ލޯންޗްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެކަމަށް ކެޓްރީނާ މަސައްކަތްކުރާތާ ވެސް ދުވަސްތަކެއްވެއްޖެ އެވެ. އެހެންވެ މާ ލަސްތަކެއް ނުވެ އެ ބްރޭންޑް ލޯންޗްކުރާނެ އެވެ. އަބަދު ވެސް ސިއްހަތާއި ފިޓްނެސް އަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ 39 އަހަރުގެ ބަތަލާގެ ހެލްތު އެންޑް ވެލްނެސް ބްރޭންޑް ވާނީ ހަށިހެޔޮ، ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކޮށްދޭ ވަރަށް ވެސް ހާއްސަ ބްރޭންޑަކަށް ވެސް މީޑިއާތަކުން ބުންޏެވެ.


ނަމަވެސް މިކަމާ ބެހޭ ގޮތުން ކެޓްރީނާ އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން 2019 ގައި ލޯންޗްކުރި "ކޭ ބިއުޓީ" މޭކަޕް ބްރޭންޑެއްގެ ގޮތުގައި މިހާރު މަގުބޫލު ބްރޭންޑެކެވެ.