Last Updated: April 25, 16:55
Thursday, April 25, 2024
ޚަބަރު

ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެެވެ.

ހިދުމަތަށް ނުކުތްތާ މި މަހުގެ 11 އަށް 40 އަހަރު ފިރުނު ގައުމީ ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރަން ރޭ ބޭއްވި ހަފުލާގައި 15 ،20 ،25، 30، 35 އަދި 40 އަހަރު ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފައިވެ އެވެ.

އެގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން އާއި ޑިވެލޮޕްމަންޓް ބޭންކިން ޑައިރެކްޓަރު ފާތިމަތު މަނިކެގެ އިތުރުން ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުޙައްމަދު ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑް ދީފައިވެ އެވެ.

މީގެ އިތުރުން ބޭންކަށް 35 އަހަރު ހިދުމަތްކޮށްދެއްވާފައިވާ ސީނިއަ ރީކޮންސިލިއޭޝަން އޮފިސަރު ފިރާގް އަހުމަދަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފައިވެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ބީއެމްއެލްގެ އާ ސީއީއޯ ކާލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށް ދެއްވައިފަ އެވެ.