Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ބަދަލު ދިނުމުގެ އުސޫލަކީ އިންތިހާބަށް ކުުރި ކަމެއް

ގެއްލުމުގެ ބަދަލު ނަގައިދޭނެ އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން ސަރުކާރުން ފެށިީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، ކެމްޕޭނަށް ފަންޑް ހޯދަން ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.

އެ އުސޫލަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެެފައިވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން މި ކުރަން އުޅޭ ކަމަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން، ސިސްޓަމެޓިކްކޮށް ކޮރަޕްޝަން ހިންގުން ކަމަށެވެ.

"މިހާރު ވެސް ރައްޔިތުންގެ ޓެކްސް ފައިސާ އިން 1.9 މިލިއަން ރުފިޔާ ސަރުކާރު ގެންނަން ޑީލް ހެދި މީހުންނަށް ބަހައިފި." އާދަމް ޝަރީފް ވިދާޅުވި އެވެ.

ބަދަލު ނަގައި ދިނުމަށް އުސޫލަށް ފާޑު ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ބަދަލުދޭ އުސޫލެއް ހެދީ އުސޫލެއް އުފަން ނުކޮށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ބެހުމަށް ފަހު ކަމަށެވެ.

އިންތިޚާބު އަހަރާ ދިމާކޮށް އަނެއްކާ ވެސް ރައްޔިތުންގެ ފައިސާ ބަހާ ހުސްކުރަން އުޅޭ ކަހަލަ." އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ސަރުކާރުން ބެހި ފައިސާގެ ޔައުމިއްޔާތައް ހޯދައި އެ މައްސަލަތައް ބަލާނެ ކަމަށެވެ.