Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އިންޑިއާއިން ދިން 100 މިލިއަނަކީ ނުރައްކާތެރި ދަރަންޏެއް: ސައީދު

މެންބަރު މުހައްމަދު ސައީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރަކީ ބޮޑު އޮޅުވާލުމެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރާ ގުޅޭގޮތުން ކުރި ޓްވީޓެއްގައި ސައީދު ވިދާޅުވީ، އަންނަ އަހަރަށް 48 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމަށްފަހު އިންޑިއާއަށް ޖެހެނީ ޓީބިލުވެސް ގަންނަން ކަމަށެވެ.

"މިއީ އެއްމެ ނުރައްކާތެރި ބޭރުގެ ދަރަނި. ބޮޑު އޮޅުވާލުމަކުން އެތެރޭގެ ދަރަންޏެއްގޮތަށް ފޮތްތަކުން ދައްކުވަނީ." ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮޅެނީ ކަމަށާއި ނުވަތަ ވާނުވާވެސް ނުބައްލަވަނީ ކަމަށެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.