Last Updated: April 20, 18:41
Saturday, April 20, 2024
މުނިފޫހިފިލުވުން

އަނީސްގެ އާ ފިލްމު ވަރޫން އަށް

ޑައިރެކްޓަރު އަނީސް ބަޒްމީގެ އެކްޝަން ކޮމެޑީއެއް ވަރޫން ދަވަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މިކަމާ ބެހޭ ގޮތުން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ހުރިހާ ކަމެއް ފައިލްވުމުން ފިލްމު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި މި ފިލްމަކީ ޒީ ސްޓޫޑިއޯސް އާއި ޕްރޮޑިއުސަރު ވިޝާލް ރާނާލް އެކެލޯން ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވާ އެއްޗެކެވެ. އަދި މީގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.

ވަރުންއާ އެކީ އަނީސް ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުން ތިލަކޮށްފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝާހިދު ކަޕޫރްގެ އިތުރުން އަޔޫޝްމަން ކްރާނާ އަށް ވެސް އޭނަގެ ފިލްމެއް ހުށަހެޅި ވާހަކަ ރިޕޯޓްކޮށްފައި ވަނިކޮށެވެ. މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ކާތިކް އާރިއަނާ އެކީ ގެނެސްދިން ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ.


އަނީސް އަށް ވަނީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާގެ "ހީރާ ޕޭރީ 3" ޑައިރެކްޓްކުރަން ވެސް ހުށަހަޅައިފަ އެވެ. އެ ފިލްމުގެ ސުނިލް ޝެޓީ އާއި ޕަރޭޝް ރާވަލްގެ އިތުރުން އަކްޝޭ ކުމާރުގެ ބަދަލުގައި ކާތިކެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ބޭޅިޔާ' ގެ އިތުރުން ޖޫންގައި ރިލީޒްކުރި "ޖުގް ޖުފް ޖިއޯ" ގެ ބަތަލު ވަރޫން އަދި މިހާތަނަށް އަނީސްގެ ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.