Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޝިމާޒަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ޝިމާޒަށް ހަމަލާދިން މައްސަލައިގައި މިމަހުގެ 22 ވަނަ ދުވަހު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދު ޖެހުމަށް ކޯޓަށް ގެންދިއުމުން ބަންދަށް 10 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލައާ ގުޅިގެން ޝިމާޒް ކުރި ޓްވީޓެއްގައި ބުނެފައިވަނީ 18 ނޮވެމްބަރ 2022 ވީ ހުކުރު ދުވަހުގެ ރޭ އޭނާއަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ.

ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށްއެދި ޓްރާންސްޕޯޓް މިނިސްޓްރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ވެހިކަލްތަކެއް ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރިކަމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރެވޭއިރު، ޝިމާޒް ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.