Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

"ވިނަރެސް" ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ 'ވިނަރެސް' ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ މައުލޫމާތު ޝާއިއުކޮށްފައިވާކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ޝަކުވާ އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 23:59 ގެ ކުރިން މިކޯޕަރޭޝަނުގެ މައިހުޅުމާލެ ހައުސިންގ ޕޯރޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.

'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ފޯމު ހުށަހެޅުމަށް 17 ޖުލައި 2022 ވަނަ ދުވަހު ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވަނީ 1413 ފަރާތުންނެވެ.