Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޒުވާން ކެޔޮޅުގެ އެވޯޑް ފަރުހާނަށް

އެންމެ ޒުވާން ކެޔޮޅުގެ އެވޯޑް ގދ މަޑަވެލި، ފަރުހާން ޒާހިރު ހާސިލްކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާގައި މި އެވޯޑް ފަރުހަނާއި ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޓީއެސްލައިން ދޯނީގެ ކެޔޮޅުގެ މަގާމުގައި ހުރި ފަރުހާން ވަނީ ވަރަށް ޅައުމުގައި މަސްވެރިކަމުގެ ދާއިރާ އަށް ނިކުމެފަ އެވެ. އެގޮތުން އޭނާ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 14 އަހަރު ވަނީ ވެފަ އެވެ.

ރޭގެ ޖަލްސާގައި އެންމެ ގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސްގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ވެސް ހަނދާނީ ލިޔުން ދީފައިވެ އެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ ފާޠިން ޙަމީދަށް ވެސް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ.