Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

އިންސްޓަގްރާމުން އާ ފީޗާއެއް ލޯންޗުކޮށްފި

އިންސްޓަގްރާމްގެ ބީރިއަލް ކްލޯން، ކެންޑިޑް ސްޓޯރީސް ލޯންޗުކޮށްފި އެވެ.

އިންސްޓަގްރާމްގެ ކެންޑިޑް އިން ދުވާލަކު އެއްފަހަރު ސެލްފީ ޝެއާ ކުރުމަށް ބުނާ އިރު، ޔޫޒަރުންނަށް ރައްޓެއްސެއްގެ ކެންޑިޑްސް ފެންނާނީ އެ މީހުންގެ އަމިއްލަ ކެންޑިޑްސް އަޕްލޯޑް ކުރުމުންނެވެ.

އިންސްޓަގްރާމް ހިންގާ މެޓަ އިން މިދިޔަ ހޫނު މޫސުމުން ފެށިގެން ކެންޑިޑްގެ ވާޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ އެޕްގައި "ކެންޑިޑް ޗެލެންޖްސް" ގެ ނަމުގައި ވެސް ފީޗާއެއް ފެނިފައިވެ އެވެ.

އަދި ކުދި ގްރޫޕްތަކުގައި ޔޫޒަރުން މުއާމަލާތް ކުރުމަށް އަމާޒުކޮށްގެން އިތުރު މަދު ފީޗާތަކެއް ވެސް އިންސްޓަގްރާމުން އަންނަނީ ތައާރަފު ކުރަމުންނެވެ.