ޓިކްޓޮކް މަނާވާ ގޮތަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އާ ބިލެއް ހުށަހަޅައިފި އެވެ.
ބިލް ހުށަހެޅުއްވީ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ އަދި ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގައި އިސް މެމްބަރެއް ކަމަށްވާ މާކޯ ރުބިއޯ އެވެ. އޭނަ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަކީ އެމެރިކާ އަށް ނުރައްކަލެއް ކަމަށާއި އެ ނުރައްކަލުން އެ ގަައުމުގެ ރައްޔިތުން ހިމާޔަތްކޮށް ރައްކާތެ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެހެންވެ ބިލްގައި ވަނީ ޓިކްޓޮކާއި އެ ހިންގާ ބައިޓްޑާންސްގެ އެއްވެސް މުއާމަލާތެއް އެމެރިކާގައި ހިންގުން މަނާކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އޭގައި ފާހަގަކޮށްފައިވާ ޓިކޮޓަކަކީ އެމެރިކާއާ ދެކޮޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާ އާއި އިރާނާއި އުތުރު ކޮރެއާ އާއި ކިއުބާ އާއި ވެނެޒުއެލޭ ފަދަ ގައުމުތަކުން ވާގި ވެސް ދޭ އެއްޗެކެވެ.
Yes American social media companies also collect data on Americans and that should be addressed
But @tiktok_us is another level of danger
They don’t just collect data for their own use,they are controlled by & directly give our data to a foreign government in #China
— Marco Rubio (@marcorubio) December 14, 2022
އެހެންވެ އެފަދަ ބައެއްގެ ބައިވެރިވުން އޮތް ސޯޝަލް އެޕަކުން އެމެރިކާ ސަލާމަތްކޮށް، ލިބިދާނެ ގެއްލުމަކުން ދުރާލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ޓިކްޓޮކަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ފަހުކޮޅު ވެސް ވަރަށް ބޮޑެތި ތުރާތަކެއް ޖެއްސި އެއްޗެކެވެ. އެގޮތުން އެ އެޕަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެ ގައުމުގައި އެ މަނާކުރަން ވެސް އުޅުނެވެ. އަދި އެކި އެކަހަލަ ފިއްތުންތައް ކުރިމަތިކޮށް، އެ ގައުމުގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލައިގެން ނޫނީ، އެ އެމެރިކާގައި ޓިކްޓޮކް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ވެސް މަސައްކަތްތަކެއް ކުރި އެވެ.
އެމެރިކާގައި ޓިކްޓިކް ބޭނުންކުރާ މީހުން މިލިއަނަކަށް ވުރެ ގިނަ އެވެ.