Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މީޑިއާ ކައުންސިލްގެ އާ ރައީސަކީ މުސްތަފާ

އަލަށް އިންތިހާބުކުރި މެމްބަރުންނާ އެކީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސަކަށް އަހުމަދު މުސްތަފާ އިންތިހާބުކޮށްފި އެވެ.

މެމްބަރުންގެ ވޯޓް ނަގައި ރައީސްގެ އިތުރުން ނައިބު ރައީސް ވެސް ހޮވާފައިވެ އެވެ. އެމްއެމްސީގެ ނައިބު ރައީސަކީ "ވަގުތު" ނޫހުގެ ފަރާތުން އިންތިހާބު ކާމިޔާބުކުރި ހުސައިން ޝަރީފެވެ.

އެމްއެމްސީގެ ރައީސަކަށް އިންތިހާބުކުރި މުސްތަފާ އަކީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޓެކްނިކަލް އޮޕަރޭޝަން މެނޭޖަރެވެ. އޭނަ އަކީ ދައުލަތުގެ މީޑިއާ މީހުން ތަމްރީން ކުރުމުގައި އިސްދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. އެގޮތުން އެ ދާއިރާގައި މަސައްކަތްކުރައްވާތާ 28 އަހަރުވެއްޖެ އެވެ. މުސްތަފާ އަކީ ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ނޫސްވެރިން ތަމްރީން ކުރުމަށް ހިންގާ ކޯސްތަކުގައި ވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މީޑިއާ ކައުންސިލް އެކުލެވެނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަތް މެންބަރުންނާ އެކީ ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އެ ކައުންސިލްގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރަށް މި މަހުގެ 10 ހައި އިންތިހާބުކުރީ 13 މެންބަރުންނެވެ.

އެގޮތުން މީޑިއާތަކުން އިންތިހާބުކުރަން ޖެހޭ އަށް މެމްބަރުންގެ ތެރެއިން މިފަހަރު އިންތިހުބުކުރީ 7 މެމްބަރެކެވެ.ނެވެ. އަދި އާންމު މެމްބަރުންގެ ގޮތުގައި އިންތިހާބުކުރަން ޖެހޭ ހަތް މެންބަރުންގެ ތެރެއިން މިފަހަރު އިންތިޚާބުކުރީ ހަ މެމްބަރުންނެވެ. އެއީ މިހާރު ހިނގަމުން އަންނަ ދާ މީޑިއާ ކައުންސިލްގެ މި ދައުރުގެ މެދުތެރޭގައި މީޑިއާތަކުންނާއި އަމިއްލަ މީހުންގެތެރެއިން ދެ މެންބަރަކު އިންތިޚާބުކޮށްފައިވާތީ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރަކީ 2 އަހަރު ދުވަހުގެ ދައުރެކެވެ