Last Updated: April 20, 08:59
Saturday, April 20, 2024
ދުނިޔެ

"ވާހަކަ ދައްކާ" ޓައިޕްރައިޓަރެއް

ގޯސްޓްރައިޓަރަކީ ކީބޯޑުގައި ޓައިޕްކުރާ މީހަކާ ޗެޓް ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ރީޕާޕަސްޑް ބްރަދާސް ޓައިޕްރައިޓަރެކެވެ.

ގޯސްޓްރައިޓާ އުފެއްސީ އަރުވިންދު ސަންޖީވް ކިޔާ އިންޖިނިއަރެކެވެ. މި އުފެއްދުމަށްޓަކައި އޭނާ ވަނީ 1990 ގެ އަހަރުތަކުގެ އިލެކްޓްރިކް ބްރަދާ އެކްސް-325 ޓައިޕްރައިޓަރެއް ވަކިކޮށް، އޭގެ ކީބޯޑް ސިގްނަލްތައް ރިވާސް އިންޖިނިއަކޮށްފަ އެވެ.

ސަންޖީވް ޓްވިޓާގައި ބުނެފައިވާ ގޮތުގައި ގޯސްޓްރައިޓާގެ ޚިޔާލު އައީ 2021 ވަނަ އަހަރުގެ ކުރީކޮޅު ރޮބް ސްލޯންގެ ސައި-ފައި ލިޔުންތެރިޔާގެ ފަރާތުން އިންސްޕަޔަވެގެންނެވެ.

ނަމަވެސް ލޫމެން ވޯލްޑްގައި ފުލް ޓައިމް ރޯލުން ވަގުތު ފިއްތާލަން އުނދަގޫކަމުން މަޑުމަޑުން ހަފުތާ ބަންދުތައް މި މަސައްކަތަށް ވަގުތު ހޭދަކުރަން ޖެހުނު ކަމަށް ބުންޏެވެ.

އޭނަ ވަނީ ޓުވިޓާގައި ގޯސްޓްރައިޓާގެ މަސައްކަތް ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފަ އެވެ. މި ކަހަލަ އީޖާދީ ވިސްނުންތަކާއި ހިޔާލުތަކާއި އުދެއްދުންތަކަށް ލޯބިކުރާ މީހުންނަށް ހަމަ ޔަގީނުން ސަންޖީވް ވާނީ ބޮޑު އިންސްޕިރޭޝަނަކަށެވެ.