Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ރަޝީދާއި އިންޖިނޭރުކަން

ސ. ފޭދޫ ފިޔަނޫމާގޭ އަބްދުﷲ ރަޝީދުގެ މަސައްކަތަކީ ކޮންމެ ދުވަހެއް ވެސް އިންޖީނެއްގެ މަރާމާތެއް ކޮށްކޮށް އުޅުމުގެ ތެރޭ ދުވަސް ނިމިގެން ދިއުން ކަމުގައި ރަޝީދުގެ ވާހަކައިން އޮޅުންފިލައިގެން ދިޔައެވެ.

އުމުރުން 16-17 އަހަރުގައި ވެސް އިންޖީނުގެ މަސައްކަތަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން މާލޭ ރަތް ބަގީޗާގޭތެރޭ ކުދިކުދި މަސައްކަތްކޮށްއުޅެމުން ދިޔަވަރަކަށް މިކަމުގެ ޝައުގުވެރިކަން އިތުރުވަމުން ކުރާހިތްވާ ކަމަކަށްވެ 1982 ގައި ވޮކޭޝަނަލް ޓްރެެއިނިންގ ސެންޓަރ ނަމުގައި މާލޭގައި ކާމިޔާބު ކަމާ އެކު ފަށައި ގަނެގެން ދިޔަ ދުވަސްވަރުކަމުން އެ ފުރުސަތު ލިބުމުން ފުރުސަތުގެ ބޭނުންހިފައި އިންޖިނިއަރިން ކިޔެވުމުގެ ތެރެއަށް ވަދެވުނުގޮތް ކުރުކޮށް ރަޝީދު ކިޔާލަ ދިނެވެ.

އޭރުގެ ވީޓީސީގެ ކިޔަވައި ދޭން ތިބީ މަޞީޙު ޢިމާދާއި ކެތީރޯޒް ޝަރީފުމެން ކަހަލަ ކަމަށް ޤާބިލް ފަންނީ އެދުރުންނެވެ.
ދެ އަހަރެއްހާ ދުވަހަށް ފަހު މަސައްކަތަށް ނުކުމެ ފަށައިގަތީ ޔޫއީއެސް ވޯކްޝޮޕްގަ އެވެ. ރާއްޖޭގައި އޭރު ތިބި އެންމެ ކިޔަވައިގެން ތިބި އިންޖިނިއަރުންގެ އެހީތެރިކަމުގެ ދަށުންނެވެ. ފިސާރި މަސައްކަތް އޮ ވެއެވެ. އޭރު މާލޭގައި ރަނގަޅު ސާމާނާ އެކު މަދު ވޯކްޝޮޕެއް ހުންނަކަމުން ގިނަ މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ކުރިއަށްދާން ލިބޭ ހިތްވަރެއްކަމާއި އުމުރުގެ ގޮތުން ޅަކަމާ އެކަމުގައި ދެމިހުރުމުގެ އަޒުމާ އެކީ ފިސާރިވެގެން މަސައްކަތް ، ފަށައިގަތުން ވެގެން ދިޔައީ ހެޔޮފާލެއް ކަމުގައި ރަޝީދު ބުނެލި އެވެ.

ރަޝީދު އައުޓު ބޯރޑު އިންޖީނެއްގެ މަސަތްކަތު

ފަހުން ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންތަކެއް މާލޭގައި ހިންގި ކަންތައްގަނޑާ އެކީ ވޯރކްޝޮޕް ބަންދުކުރުމުން އަމިއްލަ އަށް ދުވަސް ގަނޑެއްގައި މަސައްކަތް ކުރުމުގެ ތެރޭގައި އުޅެމުން ޑީޓެކް މަޞީޙު ކުންފުންޏާ ގުޅިގެން މަސައްކަތް ފަށައިގަތީ އެވެ. އެ ޒަމާނުގައި ވަރަށްގިނަ އިންޖީނުގެ މަސައްކަތަކީވެސް ރިސޯޓްތަކާ ގުޅިފައި ހުންނަ މަސައްކަތް ކަމުން ރިސޯޓްތަކަށް ގޮސް ކުރާ މަސައްކަތް ގިނަކަމުގައި ބުންޏެވެ. އަދި ވީޓީސީން ކިޔަވާ ނިމުނީއްސުރެ ވޯކްޝޮޕް ތަކުގައި ރަނގަޅު އިންޖިނިއަރުން ކައިރީ މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުނީ ސާމާނާ ތަންދޮރު އޮޅުންފިލުމާއި ރަނގަޅު ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުމުގައިކަން ފާހަގަކޮށްލިއެވެ.

ރިސޯޓަކާ ގުޅުނު ނަމަ ދިރިއުޅުމުގެ ފަސޭހަކަން ބޮޑުވީސް، އެކަމަކު މަސައްކަތް ލިމިޓްވުމާ ކުރިޔަށް ދިއުމުގެ ހުރަސްތައް ގިނަ ، އެގޮތުން އުނދަގުލާ ދަތި ގަބޫލުކޮށް މާލޭގެ ކިޔަވައިދޭ ފެންވަރުގެ އިންޖިނިއަރުންނާ އެކީ މަސައްކަތް ކުރުމުގެ ވިސްނުން އިސްކުރީ، އެގޮތުން ތަފާތު ގިނަ ރިސޯރޓްގެ ގިނަ މަސައްކަތް ޒަމާންތަކަކަށް ކުރެވުމުގެ ނަތީޖާ ކާމިޔާބު ކަމާއެކީ މިދާއިރާގެ ތަފާތު އިންޖީނު މަރާމާތުގެ މަސައްކަތް ދަސްވެ އިންޖިނިއަރެކޭ ޕެޓުރޯލު ޑީސަލް މެރިން އަދި ރިސޯރޓް ތަކުގެ ޖެނެރޭޓަރުތަކުގެ މަސައްކަތްވެސް ރަނގަޅަށް މަސައްކަތް އެނގެޔޭ ބުނެވޭ ފެންވަރަށް ކަމުގެތެރެއަށް ވަދެވި ފައި ހަރުކޮށްލެވުނީ.

1982 މާލޭގެ ވޮކޭށަނަލް ޓުރޭނިންގު ސެންޓަރ

އެ ޒަމާނަކީ ސާމާނާ ސުޕެއަރް ލިބުން ފަދަކަންކަމުގެ އިންތިހާދަތި ދުވަސްވަރު ކަމުން ލައްކަ ގަނަތެޅިލަން ޖެހުނު ކިތަންމެ ދުވަހެއް ކިތަންމެ ރެއެއް މިއަދު ވެސް ހަންދާނަށް ގެނަ އެވެ. އެއީ އެޒަމާން ކަމުގާ ރަޝީދު ބުނެލި އެވެ. ރިސޯޓްތަކަށް އައި ޒަމާނީ ބަދަލުތަކާއެކު މިދާއިރާގެ މަސައްކަތް އިތުރުވެ ބައެއް ރިސޯޓްގެ ވިހި ފަންސަވީސް އަމިއްލަ އެކިސައިޒުގެ ޒަމާނީ އުޅަނދުފަހަރު އިތުރުވުމާ، ރިސޯޓުގެ އިންޖީނުގެ އަދި ޒަމާނީ ވޯކްޝޮޕްތައް ފެށިގެން އައުމާ ގުޅިގެން ވިސްނުން ބަދަލުކޮށްލީ މަސައްކަތް ގިނަ ވަސީލަތް ރަނގަޅު ކުންފުންޏަކާ ގުޅުމުގެ ވިސްނުން، އެގޮތުން މުޅިއުމުރު ކަހަލަގޮތަކަށް ކުރެވުނީ އެކިއެކި ރިސޯޓުގެ މަސައްކަތް ކަމުން ގާތް ގުޅުމެއް އަބަދުވެސް ރިސޯޓުތަކާ ހިފެހެއްޓުނެވެ.

ދެހާސް އެކެއްގައި އޮޅުވެލި ރިސޯރޓުގެ މަސައްކަތާ ގުޅި ސަން ޓްރެވަލް ޝިޔާމްގެ ކުންފުނީގެ އިންޖިނިއަރެެއްގެ މަސައްކަތް ފަށައިގަތުން ވެގެން ދިޔައީ ވަކި ކުންފުންޏެއްގެ މަސައްކަތަށް އެކަނި ފޯކަސް ކޮށްގެން އަދާކުރަން ފެށުނު ރިސޯޓް ވަޒީފާގެ ގޮތުގަ އެވެ. މިއަދާ ހަމައަށް ވެސް ހުއްޓުމެއް ނެތި މަސައްކަތުގައި ދެމިހުރީ އެވެ. މިއަދު ހޯދަން ކުރެވުނު ބުރަ މަސައްކަތް އެއީ މާޒީއެެވެ. މިދާއިރާއިން މިއަދާ ހަމައަށް ކުރެވުނު މަސައްކަތާ އުނގެނި ދަސްވި ދަސްވުމާދޭތެރޭ ފިސާރި ހިތްހަމަޖެހޭ ކަމުގައި ރަޝީދު ބުނެލި އެވެ.

ރަޝީދު 80 ކުރީކޮޅު މާލޭ ގައި ވީޓީސީ އިން ކިޔަވަމުން ދިޔަދުވަސްވަރު

ރަޝީދުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އަހާލުމުން ވަރަށް ގާތްކޮށް ފަށައިގަތެވެ. ރަޝީދަކީ އަހަރުމެން މަދަރުސީ ދުވަސްވަރުން ފެށިގެން ދަންނަ އަދި ރިސޯޓުތަކުގެ މަސައްކަތަށް ގޮސް އުޅުނު ދުވަސްވަރުން ފެށިގެން ދަންނަ ގާތް ހީީވާގި މަސައްކަތްތެރިއެކެވެ. ވާހަކަތައް ކިޔައިދި ނުމުގައި ފަސޭހަ އަދި ގާތްކަމާއެކު ފަށައި ގަތެވެ. އަންހެނުންނާއި ދޮށީ އަންހެން ދަރިއަކާ ފިރިހެން ދެ ކުދިންގެ އާއިލާއެއް ގާތްކަމާ އެކު ކުދީންގެ އެކި ހަރުފަތުގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ވާހަކަ ބުނެލިއެވެ.

ދަރިއެއްގެ ޕައިލެޓްކަމުގެ ކޯހުގެ ދޯހަޅިކަމާ ދިގުލައިގެން ދިއުމުގެ ހިތްހަމަނުޖެހުން ހިއްސާކޮށްލި އެވެ. ފަސް އަހަރަށް އަޅައިގެން ދާންޖެހުމުގެ ވަގުތާ ޚަރަދެވެ.

މަސަތްކަތުގެ ކުރިއެރުން ލިބުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ މުހިއްމު .

ހަލާލު މަސައްކަތުން ދުވަހުގެ ކަންކަން ފޫބައްދައިގެން ބުރަ މަސައްކަތުން އުޅޭ ރާއްޖެތެރޭ މާލޭ ދިރިއުޅޭ އާއިލާއަކަށް މުއައްސަސާތަކުގެ ދޯހަޅިކަމުން ދަރިންގެ އުއްމީދާ މުސްތަގުބަލަށް ހުރަސްތަކެއް އެޅުމުގެ ކަންބޮޑުވުން ފާޅުކޮށްލި އެވެ. ފިރިހެން ދޮށީ ސޮރު މެލޭޝިއާގައި ޑިގްރީއަކަށް ކިޔަވަމުން ދާކަމަށާ ހަގު ސޮރު ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ހަކަ ފާހަގަކޮށްލިއެވެ. މިވަރުގެ މަސައްކަތެއް އާއިލާއެއްގެ ލޯތްބާއި އެއްބަނޑު އެއްބަފާކަން އެއީ މަންމައެއްގެ ކެއްތެރިކަމާ ހިތްވަރާ ލޯބި ކަމުގައި ހިނިތުންވެލުމާއެކު ރަޝީދު ބުނެލި އެވެ.

މައިންބަފައިންނާ އެއްބަނޑު މީހުންގެ ގުޅުންވެސް ހަރުދަނާކަމާ ދިރިއުޅެން ދިމާވާ ގޮތުން އެންމެ ހިތްއެދޭ ގޮތަށް ކަންކަން ވެގެން ނުދާނެކަން ގަބޫލުކޮށް ދިރިއުޅުމާއިގެން ކުރިއަށްދާ ވާހަކަ ބުނެލި އެވެ.

ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން މުހިއްމު .

މުސްކުޅި މައިންބަފައިންގެ ވާހަކަ ކޮންމެވެސް ވަރަކަށް ހިއްސާކޮށްލި އެވެ. އެގޮތުން ބައްޕަޔަކީވެސް ގަމުން އިނގިރޭސީން ފޭބުމުގެ ނިކަމެތިކަން ލިބުނު ބަފައެއްކަމާއި އާއިލާ ދޫކޮށް ރިސޯޓް މަސައްކަތުގައި ލައްކަ ދުވަހު އުޅެން ޖެހުމުން އަމިއްލަ ރަށުން އުޖޫރައެއް ލިބޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

ވަރަށް ހަނދާން ހުންނަ ކަމެއްގެ ގޮތުގައި ކިޔައިދެމުން ދިޔަ ވާހަކަ އަކީ، ބައްފަ އޮފްޑޭ އަށް މާލެ އައިސް ބާޒާރަށް ގޮސް މަންމަ އާއި ކޮއްކޮމެއްނަށް އެއްޗެހި ގަނެ ބޯޓަށް އަރުވާ ހަނދާނުގެ ވާހަކަ އެވެ. އަދި ދޮށީ ދަރިއެއްގެ ޒިންމާ އޮންނަކަމާ އާއިލާ ރަށުގައި އޮންނަކަން މާލެ އައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ހަނދާން ހުންނަ އެންމެ އިސް ކަމެއްކަމުގައި ދަންނަމެވެ.

މާލެ މޫނިމާގޭ މައިދި , ރަޝީދު އައި އެކީ މަސަތްކަތުގެތެރެއިން

މިއަދު ބައްޕަ އުޅެނީ ތަންކޮޅެއް ބަލިކޮށް ކަމާ މަންމަވެސް އުުމުރުން ދުވަސްވުމާއެކުވެސް ދެމަފިރިން ލޯބިން އަޅާލުމާއެކު އުޅެމުން ދާކަމުގައި ބުނެލިއެވެ. މުޅި އުމުރުހެން ބައްޕަޔާ ދެބަފައިން މަސައްކަތް ކުރީ ރަށުން ބޭރުގައި ޓުއަރިޒަމްގެ ޚިދުމަތުގައިކަމާއި 50 އަހަރުފުރި ތަރައްގީގެ ގިނަ ވާހަކަ ޓީވީ އާއި ރޭޑިއޯތަކުން ކިޔަމުން ދައްކަމުން ދާއިރު އަމިއްލަ ރަށުގައި މައިންބަފައިންނަށް ޞިއްޙީ އެންމެ އެކަށީގެންވާ ޚިދުމަތެއް ލިބެން ނެތުމުގެ ކަންބޮޑުވުން އިންތިހާއެވެ.

ރަށުން އެކަށޭނަ ވަޒީފާއެއް ލިބޭނެ ގޮތެއް ފެންނާނެ އުއްމީދެއް ނެތެވެ. އަމިއްލަ ރަށުގައި ދިރިއުޅެވިދާނެ ދުވަހެއްގެ އުންމީދު ކުޑަ އެވެ. ޓުއަރިސްޓުންނަށް ޚިދުމަތް ކުރުމުގައި މުޅި އުމުރު ހޭދަކޮށް މިއަދަކީވެސް މަސައްކަތުގައި އުޅެމުންދާ ދުވަހެކެވެ.

ބޭރުގެ ވޯރކުޝޮޕްތަކުންނާ ކޮންފަރަންސް ތަކުގެ ފުރުސަތު ބޮޑު .

ތިރީސް ފަސް އަހަރަށް ވުރެ ގިނަ އަހަރު ޓުއަރިޒަމް ހިދުމަތުގެ ގިނަ އިންޖިނިޔަރިންގް މަސަތްކަތް ތަފާތު ގިނަ ރިސޯޓު ކަނޑުމަތީ އުޅަނދުފަހަރުގައި އާއި ރިސޯޓުގެ މަސަތްކަތް ހޭލާތިބެ ނިމެންދެން ކޮށްދެމުން ގެންދިޔަ އަދި މިއަދު ވެސް ކުރަމުން ގެންދާ ފިސާރި ހިދުމަތް ތެރިއެއްކަން ޔަގީންތާ އެވެ. ރަޝީދުގެ ހިއްވަރަށް ހަމަ ސާބަހެވެ.

އަދުގެ ސަރުކާރާއި މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރި ހެނެއް ހިއެއް ނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.