ޓްވިޓާ އިން ނޫސްވެރިންތަކެއްގެ އެކައުންޓްތައް ސަސްޕެންޑްކޮށްފި އެވެ.
މަހުޖަނު އީލޮން މަސްކްގެ މޭސްތިރިކަމުގެ ދަށުން މިހާރު ހިންގަމުން އަންނަ ޓްވިޓާ އިން އެކައުންޓްތައް ސަސްޕެންޑްކުރި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ އާންމުކޮށް އިލޮންއާ ބެހޭ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނެވެ. އޭގެ ތެރޭގައި މަޝްހޫރު މީޑިއާތައް ކަމަށްވާ ސީއެންއެން އާއި ނިއު ޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިންތަކެއްގެ އިތުރުން ދި އިންޓަސެޕްޓާއި މެޝަބްލްގެ ނޫސްވެރިންތަކެއްގެ އިތުރުން ފްރީލާންސް ނޫސްވެރިންތަކެއް ވެސް ހިމެނެ އެވެ.
ނޫސްވެރިންތަކެއްގެ ޓްވިޓާ ބޭނުން ނުކުރެވޭ ގޮތް ހެދީ ރޭގެ ވަގުތެއްގަ އެވެ. މިކަމާ ބެހޭ ގޮތުން ޓްވިޓާގެ ޓްރަސްޓް އެންޑް ސޭފްޓީގެ ހެޑް އެލާ އާވީން ވިދާޅުވީ އެ ކައުންޓްތައް ބޭނުން ނުކުރެވޭ ގޮތަށް މިދިޔަ ބުދަ ދުވަހު އަމަލުކުރަން ފެށި އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން ސަސްޕެންޑްކުރި އެކައުންޓްތަކަކީ އެ އުސޫލަށް ނުފެތޭ އެކައުންޓްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އެ އުސޫލާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
Any account doxxing real-time location info of anyone will be suspended, as it is a physical safety violation. This includes posting links to sites with real-time location info.
Posting locations someone traveled to on a slightly delayed basis isn’t a safety problem, so is ok.
— Elon Musk (@elonmusk) December 15, 2022
ނޫސްވެރިންތަކެއްގެ އެކައުންޓްތަކެއް ޓްވިޓާ އިން ބްލޮކްކުރި އިރު، އިލޮން ކުރައްވާ ޖެޓް ދަތުރުތައް ޓްރެކްކޮށް އެ ދަތުރުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޖެކް ސްވީނީ ކިޔާ 20 އަހަރުގެ ޒުވާނަކު @އީލޮންޖެޓްގެ ނަމުގައި ބޭނުން ކުރަމުން އައި އެކައުންޓެއް ސަސްޕެންޑްކޮށް، ސްވީނީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވެސް އީލޮން ވަނީ ނިންމަވައިފަ އެވެ.
މިހާރު ދެވަނަ އަށް އެންމެ ބޮޑު މަހުޖަނު ޓްވިޓާ މިދިޔަ އޮކްޓޯބަރު މަހު ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.