Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ފޯޑްގެ އެންމެ ވަރުގަދަ ކާރު ދައްކާލައިފި

ފޯޑް ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ކާރު ދައްކާލައިފި އެވެ.

އެމެރިކާގެ މި ކުންފުނިން މި ހަފުތާގައި އިއުލާން ކުރި ގޮތުގައި 2024 ވަނަ އަހަރުގެ މަސްޓަންގް ޑާކް ހޯސް އިން 500 ހޯސްޕަވަރާއި 418 ޕައުންޑް ފީޓްގެ ޓޯކް އުފައްދާނެ އެވެ. ޑާކް ހޯސްއާ އެކީ އަމާޒަކީ ހަމައެކަނި މަގުމަތީގައި އެކަނި ދުއްވަން ނޫން ކަމަށާއި ޓްރެކްގައި ވެސް ދުއްވޭނެ ގޮތަށް ކާރު ގެނެސްދިނުން ކަމަށް ފޯޑުން ބުންޏެވެ.

ނަމަވެސް ކާރުގެ އަގު އަދި އިއުލާނެއް ނުކުރެއެވެ. ފޯޑް އިން ބުނެފައި ވަނީ ކާރު ނެރުމުގެ ކުރިން އަގު އިއުލާން ކުރާނެ ކަމަށެވެ.

ދެހާސް ސައުވީހުގެ ފޯޑް މުސްޓަންގް ވިއްކަން ފަށާނީ 2023 ވަނަ އަހަރުގެ ޖޫން ހިސާބުގައި ކަމަށް ފޯޑް އިން ބުންޏެވެ.