Last Updated: May 1, 20:45
Wednesday, May 1, 2024
މީހުން

ވޯލްޑް ކަޕް ބަލައިގެން ރެކޯޑެއް

ރެކޯޑް ލިބުނު ޑެނިއަލް (މެދުގައި) ބްރެޒިލްގެ ސަޕޯޓަރުންތަކަކާ އެކީ ގަތަރުގައި.

ވޯލްޑް ކަޕް ބަަލައިގެން ބްރެޒިލްގެ މީހަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ޖާގަ ހޯދައިފި އެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އަބަދު ވެސް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ދޭ އަދި އެ ގައުމު ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ މެޗަކަށް އަބަދު ވެސް ގޮސް އުޅޭ އުމުރުން 75 އަހަރުގެ ދަތުގެ ޑޮކްޓަރެއް ކަމަށްވާ ޑެނިއަލް އެސްބްރޫޒީ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ ފާއިތުވި 44 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ މުބާރާތެއްގެ މެޗްތައް ބަލަން ގޮސްގެންނެވެ.

ގަތަރުގައި މިއަދު ނިންމައިލާ މި އަހަރުގެ ވޯލްޑް ކަޕަކީ ޑެނިއަލްގެ 11 ވަނަ މުބާރާތެވެ. ވޯލްޑް ކަޕްގައި މެޗްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ފެށި ފަހުން ޑެނިއަލް އަށް ގެއްލުނީ ހަމައެކަނި 1982 ގެ މުބާރާތެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ބޭއްވި ކޮންމެ މުބާރާތަކީ އޭނަ މުބާރާތުގެ މެޗްތައް ބަލަން ގޮސްފައިވާ މުބާރާތްތަކެވެ. ޑެނިއަލް އެންމެ ފުރަތަމަ ބަލަން ދިޔަ ވޯލްޑަ ކަޕަކީ 1978 ގެ މުބާރާތެވެ.

ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ މިހާތަނަށް އެންމެ ގިނަ ވޯލްޑް ކަޕް މުބާރާތްތަކަށް މެޗްތަކަށް ގޮސްގެން އެންމެ ގިނަ ބެލި ދިޔަ މީހާގެ ރެކޯޑް ޑެނިއަލް އަށް ކަށަވަރުކޮށް ދީފަ އެވެ.

ޑެނިއަލް ފާހަގަ ކުރެވިފައި ވަނީ ވޯލްޑް ކަޕްގައި ބްރެޒިލް ކުޅޭ މެޗްތަކުގައި ވަރަށް ފޯރި ވެސް ނަގާ ސަޕޯޓަރެއްގެ ގޮތުގަ އެވެ. އަދި އޭނައާ އެކީ ފޯރި ނަގަން ގްރޫޕެއް ވެސް ގެންގުޅޭ މީހެއްގެ ގޮތުގަ އެވެ. ޑެނިއަލް އަބަދު ވެސް މެޗްތައް ބަލަން ދަނީ ވަރަށް ގަދައަށް ތައްޔާރުވެގެން އެކި ފަހަރު އެކި ގޮތްގޮތަށް ވަރަށް "ފަންކީކޮށް" ހެދުން ވެސް އަޅައިގެންނެވެ.

ޑެނިއަލް ކިޔައިދިން ގޮތުގައި މެޗަކުން ބްރެޒިލް މޮޅުވެއްޖެ ނަމަ ދެން އެ އޮތީ ކަންތަކާ ލައްވާލައިފަ އެވެ. އެގޮތުން ފޯރި ނަގަން އޭނަ ކުރާ ކަންކަން ބޮޑު އީދެއް ގޮތެއް ދިގު ވެސް ދަންމައިލަ އެވެ.

ވޯލްޑް ކަޕް ބަލައިގެން ޑެނިއަލް އަށް މި އަހަރު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބި، ތާރީހުގެ ތެރެއަށް ދިޔަ ނަމަވެސް އޭނަ ގައުމު މި ފަހަރު ވަނީ ފައިނަލާ ހަމައަށް ނުގޮސް މުބާރާތުން ކަޓައިފަ އެވެ.

ޑެނިއަލް ބުނި ގޮތުގައި އޭނަ ދުނިޔޭގައި ހުރިހާ ދުވަހަކު ވޯލްޑް ކަޕަށް ދާނެ އެވެ.