Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

އައްޑޫގައި ފަގީރުންގެ ދަފުތަރަށް ހުޅުވާލައިފި

އައްޑޫގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ކައިންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ އިރު، އެކަން ކުރިއަށް ދާނީ އަންނަ މަހުގެ 19 އާ ހަމައަށް ކަމަށެވެ. އެގޮތުން ރަޖިސްރޭޝަން ފޯމް މިހާރު އަވަށު އޮފީސްތަކުން ދޫކުރަމުން އަންނަ އިރު، ފޯމްތައް ދޫކުރަނީ ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑި ކަމަށްވާ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އާ ހަމައަށެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ވެސް ފޯމް ޑައުންލޯޑް ކުރެވޭނެ އެވެ.

ކައުންސިލުން ބުނި ގޮތުގައި ފޯމް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އަދި ފޯމްތައް ހުށަހަޅާ އިރު އޭގައިވާ ހުރިހާ މައުލޫމާތުތަކެެއް ފުރިހަމަކުރުމަށް ހާއްސަ ސަމާލު ކަމެއް ދޭން ވެސް ކައުންސިލުން އެދިފައިވެ އެވެ.