Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

އެފްބީގެ މާކެޓްޕްލޭސް އިންސާފުވެރިއެއް ނޫން

ފޭސްބުކްގެ ވެރިޔާ މެޓާގެ މާކެޓްޕްލޭސް ކްލަސިފައިޑް ހިދުމަތަކީ ވާދަވެރިންނަށް އިންސާފުވެރި ނޫން ހިދުމަތެއް ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޔޫ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ލިޔެފައި ވަނީ އެ ކުންފުނީގެ މައި ސޯޝަލް މީޑިއާ ސައިޓް މާކެޓްޕްލޭސް އާއި ގުޅުވައިގެން، ވާދަވެރިންނަށް ވުރެ "ބޮޑު ޑިސްޓްރިބިއުޝަން އެޑްވާންޓޭޖެއް" ލިބިފައިވާ ކަމަށެވެ.

ޔޫރޮޕިއަން ޔޫނި އަންއިން ހޯދި ގޮތުގައި މެޓާ އިން ލާޒިމުކުރަނީ ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އިޝްތިހާރު ކުރާ ވާދަވެރިންނަށް ނުހައްގުން ވިޔަފާރީގެ ޝަރުތުތަކެކެވެ. އެއީ މުހިންމު ގޮތެއްގައި "ފޭސްބުކް މާކެޓްޕްލޭސްގެ ފައިދާއަށް ވާދަވެރިންގެ އަތުން ލިބޭ އިޝްތިހާރާ ގުޅުން ހުރި ޑޭޓާ" ބޭނުން ކުރުމުގެ ފުރުސަތު ލިބޭ ކަމެކެވެ.

އިޝްތިހާރު ކުރާ ފަރާތްތަކުގެ ޑޭޓާ އަމިއްލަ ފައިދާއަށް ބޭނުންކޮށްގެން ވާދަވެރިކަމުގެ ގަވާއިދުތައް މުގުރާލާތޯ ބެލުމަށް، މިދިޔަ އަހަރު އީޔޫ ކޮމިޝަނުން ވަނީ ފޭސްބުކްގެ ކްލަސިފައިޑް އިޝްތިހާރު ކުރުމުގެ އުސޫލުތަކުގެ އެންޓިޓްރަސްޓް ތަހުގީގެއް ފަށާފައެވެ.