Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޖަޕާނުން ރާއްޖެ އަށް 80 މިލިއަން ރުފިޔާގެ އެހީއެއް

ރާއްޖޭގައި ރާއްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޖަޕާނުން 80 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ.

މި އެހީ ރާއްޖެއާ ހަވާލުކުރުމުގެ އެއްބަސްވުން ހެދީ، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭ މިހާރު ރާއްޖެ އަށް ކުރައްވަމުން އަންނަ ދަތުރުގެ ތެރެއިންނެވެ.

އެގޮތުން އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މި އަހަރު ވަނީ 55 އަހަރު ފުރިފައެވެ. ޖަޕާނަކީ ރާއްޖެ އަށް އެކީ ދާއިރާތަކުން އެންމެ ގިނައިން އެހީދޭ އެއް ގައުމެވެ.