Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ޓްވިޓާގައި ވިޔަފާރިތަކަށް ރަން ބެޖް

ޓްވިޓާ ބްލޫ އިން ވިޔަފާރިތަކަށް ހާއްސަކޮށްގެން އާ ޕްރޮގްރާމެއް މިއަދު ލިމިޓެޑް ވިޔަފާރިތަކަށް ލޯންޗްކޮށްފި އެވެ.

ވިޔަފާރިތަކަށް ހާއްސަ މި އެކައުންޓްތައް ޓްވިޓާގެ އެހެން އެކައުންޓްތަކާ ފަރަގުކޮށްދޭނެ މައިގަނޑު އެއް ފީޗާ އަކީ ވެރިފައިކޮށްދޭ ވިޔަފާރި އެކައުންޓްތަކަށް ހާއްސަކޮށްގެން އަލަށް ޓެސްޓްކުރަން ފެށި ރަން ކުލައިގެ ބެޖާއި އެއާ އިންވެގެން ހަތަރެސްކަނަށް އިންނަ ޓްވިޓާގެ ރަސްމީ ބެޖެވެ.

މިއާ ބެހޭ ގޮތުން ޓްވިޓާ އިން ބުނީ ޓްވިޓާ ބްލޫ މެދުވެރިކޮށް ގެނައި މި ބަދަލާ އެކީ ވިޔަފާރި އެކައުންޓްތައް ވާނީ އާންމު އެހެން އެކައުންޓްތަކާ ފަސޭހައިން ފަރަގުކޮށްދޭނެ އެކައުންޓްތަކަށް ކަމަށެވެ. އަދި މި އެކައުންޓްތައް މި ވަގުތު އަދި ޓެސްޓްކުރުމުގައި މަރުހަލާގައި އޮތް ނަމަވެސް އަންނަ އަހަރުގެ ތެރޭގައި، އެ ފުޅާކުރާނެ ކަމަށް ބުންޏެވެ.

މަހުޖަނު އީލޮން މަސްކް މިދިޔަ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތުމަށް ފަހު، ޓްވިޓާ ބްލޫ ވެރިފައިކޮށް ދިނުން މަޑުޖައްސައިލުމަށް އަލުން އެކަން އަލުން ފެށީ މި މަހުގެ 12 އިން ފެށިގެންނެވެ. އެއާ އެކު އެޕަލްގެ އައިއޯއެސް އަށް ބަރޯސާވާ މީހުންނަށް ޓްވިޓާ ބްލޫގެ އަގު ވެސް 11 ޑޮލަރަކަށް ބޮޑުކޮށްފައިވެ އެވެ.

އީލޮން މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވާ ގޮތުގައި ވެރިފައި އެކައުންޓްތަކަށް ދޭ ބެޖްގެ ކުލަ ތަފާތުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުންފުނި/ވިޔަފާރިތަކަށް ރަން ކުލައިގެ ބެޖް މިއަދު ތައާރަފުކުރި އިރު، މިހާތަނަށް ދެމުން އައި ނޫ ކުލައިގެ ވެރިފިކޭޝަން ބެޖް ދޭނީ ހަމައެކަނި ސެލެބްރިޓީންނާއި އެ ނޫން އާދައިގެ މީހުންނަށެވެ. އަދި ސަރުކާރު އެކައުންޓްތަަކަށް ދޭނީ އަޅި ކުލައިގެ ބެޖެވެ.