Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

ޒަގަޓޯގެ އާ ކާރު ދައްކާލައިފި

ޒަގަޓޯ އިން އެ ކުންފުނީގެ އާ ކާރު، ޖިއުލިއާ އެސްޑަބްލިޔުބީ ޒަގަޓޯ ދައްކާލައިފި އެވެ.

މި ކާރުގައި ހުންނަނީ ކުއަޑްރިފޮގްލިއޯ ޖީޓީއޭއެމް މޮޑެލް އިން ނަގާފައިވާ 2.9 ލީޓަރުގެ ޓްވިން ޓާބޯޗާޖްޑް ވީ6 އިންޖީނެކެވެ.
ޒަގަޓޯ އިން ޕާފޯމަންސް ފިގަސް ކޮޓޭޓްކޮށްފައި ނުވި ނަމަވެސް ގާތްގަނޑަކަށް 533ބީއެޗްޕީ އާއި 600އެންއެމްގެ ޓޯކް ލިބޭ ގޮތަށް ޓްވީކް ކޮށްފައިވާ ކަމަކަށް ބެލެވެ އެވެ.

މި ކާރުގައި އަށް ސްޕީޑް ޒެޑްއެފް އޮޓޮމެޓިކް ގިއާބޮކްސްގެ ބަދަލުގައި ހަ ސްޕީޑް މެނުއަލް އެއް ވެސް ހުރެ އެވެ. އެތެރޭގައި ގިނައިން ބޭނުންކޮށްފައިވާ އިންފޯޓޭއިންމަންޓް ސްކްރީނާއި އެކި ސްވިޗްތަކަކީ ޖިއިއުލިއާ ކުއަޑްރިފޯގްލިއޯ ބައިތަކެވެ.

ޒަގަޓޯ އާއި އަލްފާ ރޯމިއޯގެ ދިގު ތާރީހެއް އޮތް އިރު، ކޯޗު ބިލްޑަރު އެންމެ ފުރަތަމަ އަލްފާސްގައި މަސައްކަތް ކުރީ 1921 ވަނަ އަހަރު އެވެ.