Last Updated: April 18, 22:36
Friday, April 19, 2024
ދުނިޔެ

އެމެރިކާގެ އިތުރު ސިޓީތަކަށް ރޮބޯޓެކްސީ

ކްރޫޒް އިން ފީނިކްސް އާއި އޮސްޓިންގައި ރޮބޮޓެކްސީގެ ހިދުމަތް ސޮފްޓްކޮށް ލޯންޗްކޮށްފި އެވެ.

މި ކުންފުނިން މިހާތަނަށް ރައިޑްހެއިލްގެ ހިދުމަތް ހިންގަމުން އައީ ހަމައެކަނި ސެން ފްރެންސިސްކޯގައި ކަމަށާއި، އެ ކުންފުނިން ވަނީ ރަބީއު މޫސުމުގެ ތެރޭގައި ފުރިހަމައަށް ޑްރައިވަރެއް ނެތް ވިޔަފާރީގެ ހިދުމަތެއް ފަށައިފަ އެވެ.

"ފީނިކްސް އާއި އޮސްޓިންގައި ވެސް އަޅުގަނޑުމެން ފުރަތަމަ ޕޭޑް ރައިޑްސް ފުރިހަމަކުރީ އާންމުންނަށް." ކްރޫޒްގެ ސީއީއޯ ކައިލް ވޮގްޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކްރޫޒް އިން އޮކްޓޯބަރު މަހުގެ ފަހުކޮޅު އޮސްޓިން އާއި ފީނިކްސް އަށް ވެއިޓްލިސްޓެއް ހުޅުވާފައިވާއިރު، ޑިމާންޑް ފުއްދައިދޭ ވަރަށް އުޅަނދު ލިބުމުން ރައިޑްސް ހުށަހަޅަން ފަށޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކްރޫޒް އިން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށީ ސެން ފްރެންސިސްކޯގަ އެވެ.