Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އައްޑޫ އިސްލާމީ މަރުކަޒުގެ ބީލަމަށް އިތުރު މުއްދަތެއް

އައްޑޫގައި ބިނާކުރަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކުރީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ތެރެއިން ގެނައި ބައެއް އިސްލާހުތަކާ ގުޅިގެން ކަމަށެވެ. އެހެންވެ ބީލަން ހުށަހެޅުމާއި ހުޅުވަން މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގަ އެވެ.

ކުރިން ބީލަން ހުށަހަޅަން ދިން ސުންގަޑި އަކީ މާދަމަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައްޑޫ އިސްލާމީ މަރުކަޒުގެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށާއި ރަޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ 3 އާ ހަމައަށެވެ. އަދި ރަޖިސްޓްރޭޝަން ފީ އަށް 500ރ. ދައްކަން ޖެހެ އެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީ އަކީ 235،000ރ. އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަން ހުށަހެޅުމާއި ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގެ ހެނދުނު 11:00 ގަ އެވެ.

އައްޑޫގައި ބިނާކުރަން ނިންމާފައިވާ އިސްލާމީ މަރުކަރު ހަދަން ނިންމާފައި ވަނީ ހިތަދޫގަ އެވެ.