Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ވާދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި

ރ.ވާދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި އެވެ.

ވާދޫގައި އިމާރާތް ކުރި މަސްޖިދް އުޘްމާން ބުން ޢައްފާން މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އެވެ.

މި މިސްކިތުގެ މަސައްކަތް ކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މިއީ ސަރުކާރުން ހަރަދުކޮށްގެން އިމާރާތް ކުރި މިސްކިތެއް ކަމަށްވާއިރު މިއީ އެއާ ކޮންޑިޝަންކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ ތަނަވަސްވެފައިވެ އެވެ.

މި މިސްކިތް އިމާރާތް ކުރުމަށް 5،281،562.20ރ. ހަރަދުކޮށްފައިވެ އެވެ.