Last Updated: October 4, 22:10
Thursday, October 5, 2023
ދުނިޔެ

ޓްވީޓްތައް ބަލާ އަދަދު މިހާރު އެނގޭނެ

ޓްވީޓްތައް ބަލާ މިންވަރު އެނގޭ "ވިއު" ފީޗާ ޓްވިޓާ އިން މިއަދު ތައާރަފުކޮށްފި އެވެ.

އެންޑްރޮއިޑާއި އައިއޯއެސް އަށް ވެސް މި ފީޗާ މިހާރު ލިބޭނެ އެވެ. އެގޮތުން ކުރާ ކޮންމެ ޓްވީޓަކަށް ލިބެނީ ކިތައް ވިއުކަން "ވިއު" ފީޗާ އެނގޭނެ އެވެ. މި ފީޗާ އިންނަނީ ޓްވީޓާއި ލައިކާއި ކޮމެންޓާއި ޝެއާގެ އިތުރުން ރިވީޓްޓް ބަޓަން އިންނަ ތަނުގެ އެވެ.

އެގޮތުން އެހެން މީހުންގެ ޓްވީޓްތައް ބަލާފައި އިނީ ކިތައް ފަހަރުކަން މި ފީޗާ އިން އެނގޭނެ އެވެ.

ޓްވިޓާ އަށް "ވިއު" ފީޗާ ގެންނަން އިއުލާންކުރީ މި މަހުގެ ކުރީކޮޅު އެވެ.