Last Updated: April 25, 06:02
Thursday, April 25, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ހެރީ ބެއްޔާ ޓޫރިޒަމްގައި ފިސާރި އުޅުނު

އިބުރާހިމްރަހާގެ އިބުރާހިމް ޝިހާބް ނުވަތަ ރިސޯޓު ނަމުން ނަމަ ހެރީ ބެއްޔާ އަށް އައްޑު އަތޮޅު ގަމުން އިނގިރޭސީންގެ ވަޒީފާ ލިބުނީ 1963 ގައި ކަމުގައި ހަނދާންވަނީ އޭރު އުމުރުން ފަނަރަ ސޯޅައަހަރު ކަމުގައި ގަބޫލުކުރެވެނީ, ވަޒީފާ އަކީ ކިހާވަރެއްގެ ކޯޗެއްކަން އޭރަކު ނޭންގޭ ، މަސައްކަތު އިނގިރޭސީން ކައިރިއަށް ދިޔައީ އެއީ ވަޒީފާއާއި މަސައްކަތް ފަށައިގަނެވުނު ގޮތަކީ ، ކޮންމެދުވަހަކީ ކޮންމެސް އާކަމެއް ނޫނީ އާއެއްޗެއް ފެނިދަސްވަމުންދާ ދުވަހެއްގެ ގޮތުގައި ނިމިދާ ދުވަސް، ވެރިންނަކީ އިނގިރޭސީން ވާހަކަ ދައްކަނީ އިނގިރޭސި ބަހުން އަލަށް އަ ޑުއިވޭން ފެށި ބަހުރުވައެއްކަމުން ހާލި ހެދޭފަހަރާ ހޮޅިހޮއްލޭ ފަހަރުވެސް މަދެއްނޫން ، އެކަމު ފިސާރި އަވަހަށް ކިޔާއެއްޗެހި ނަގައިގަންނަން ފެށިއްޖެ ، އެވެރިންގެ އޯގާތެރިކަމާ އަޅާލުމުގެ ކަންތައް ހުންނަގޮތުން ވަރަށް މަސައްކަތް ކުރާހިތުން އެކަމާވެގެން މަސައްކަތުގައި އުޅޭހިތްވެ ، ވަޒީފާގަޑީގައި ހެންދުނާ ހަވީރު ކިރުސަޔާ ޕާނާ ޖޭމާ ބަޓަރާ ލިބެން ހުރޭ , އެއީ އެޒަމާނަށް ބަލާފަ މޮޅު ޝާހީ ކެއުން , ރެސްޓޯރަންޓު ފުޑް ބޭނުންކުރުމަކީ މަނާކަމެއް , އެއީ ހުރިހާ ތަނެއްގައި ވެސް އެކަން އޮށްނަ ގަވައިދު.

ރޯދަ މަހު މުޅީން ތަފާތު, ހަނދު ބެލުމާއެކު އިސްޓޯރުން ކޮއްތު ދިވެހީންނަށް ކެއްކުމަށް ބޭނުންވާ ސާމާނު ބަދިގެއިން ތައްޔާރުކޮއްގެން ޑިޔުޓީގައި ތިބޭ ކުދިންނަށް ރޯދަވީއްލުމާ ތަރާވީސް ކެޔުން ވަރަށްފުރިހަމްކޮން ހަމަޖެހިގެންދާކަން ހެރީބެއްޔާ ފާހަގަ ކޮއްލިއެވެ . އަސްލަށް ބަލާކަމުގައި ވަނީނަމަ އެއީ މަސައްކަތުގެ ވެރީން ހަމަޔާ އުސޫލު ހިފަހައްޓާ މުއަށްޒަފުންގެކަންތަށް ރަނގަޅަށް ބަލައިގަންނަ ބައެކެވެ.

އިބުރާހިމްޝިހާބު . ހެރީބެއްޔާ އެށްކޮންދެތިންއަހަރު ޓުއަރިޒަމްގައި މަސަތްކަތް ކޮއްލުމުގެ ގާތްކަންބޮޑު .

ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަޒީފާ އަދާކުރާ ތަނަކީ ޑީއޯއީ ޑިޕާޓްމެންޓް އޮފް އެންވަޔަރަންމަންޓް. ބްރިޓިޝް ސިވިލްސަރވަންޓުން އެތަނުގަ ވަޒީފާ އަދާކުރަނީ, ސްޓަވަރޑެއްގެ ވަޒީފާ ، އެއީ ދުވަހުގެ މަސައްކަތެއްގެ ގޮތުގައި ފަށައިގަނެގެން ކުރިއަށް ދިޔައީ.

އޭރުގެ މުސާރައަކީ ހަތަރު ސިލިންގ ހަތަރުޕެނީ ، ކޮންމެ ދެހަފްތާއިން އެއްހަފްތާ އާދީއްތަދުވަސް މަހަކު ދެފަހަރު މުސާރަލިބޭ އުސޫލުން ހާޒިރީއާއި ހިސާބުތައް ބެލެހެއްޓުން އޮންނަނީ . ދެތިން އަހަރުތެރޭ ސްޓުވަރޑުންގެ ވެރިއެއްގެ ވަޒީފާ ލިބި ހަސިލިންގ ހަޕެނީއަށް މުސާރަބޮޑުވެ ކުރިއެރުން ލިބުމުގެ ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

ޑީއޯ ގައި ސުޓަވަރޑުންގެ ގޮތުގައި ފަންސަވީސް ދިވެހިން މަސައްކަތް ކުރަމުންދާނީ ދެޝިފްޓަށްކަމަށާ ބޮޑު އެއްބަދިގެއިން ތިން ރެސްޓޯރަންޓުގެ ގޮތުގައި ކެއުމުގެ ކަންތައް ހިނގަމުންދިއުން އެއީ ކޮންމެދުވަހަކު ތަފާތެއް ހުއްޓުމެއްނެތި ކުރެވެމުންދާ މަސައްކަތް ކަމުގައި ހެރީބެއްޔާ ކިޔާދެމުން ގެންދިޔައެވެ.

ހެރީބެއްޔާ ބުނިގޮތުގައި މަސައްކަތުގެ އަޚުލާޤު ގަޑިއަށް ފަރުވާތެރިވުން މިހެންގޮސް ދިރިއުޅުމުގެ ކަންކަމުން ވަރަށް އަގުހުރި ފިލާވަޅުތަކެއް އެއުމުރުގައި މަސަތްކަތް ފަށައިގަތް ދުވަސްވަރު ލިބުނުކަމީ މުޅިއުމުރަށް އޭގެފައިދާ ލިބިގެންދިޔަ ކަމެކެވެ.
ހެރީބެއްޔާ ކިޔަންފެށީ ކިހިނެއްތޯ ސުވާލުކޮއްލުމުން ވަރަށް ހިނިއައިއްސަ ބުނީ ތިމަންނާގެ ވެރިއަކަށް ހުންނަނީ ކޭމްޕްބެލް ކިޔާ އިނގިރޭސިއެއް ، އޭނައެއީ ޕައިޕް ބޯމީހެއް އަދި ޕައިޕްގެ ތެރެއަށް ޑަންހިލް ސިނގިރޭޓު ޖަހައިގެން ގިނައިން ބޯނ , އެގޮތުން ސިންގިރޭޓު ވަރަށް ގިނައިން ވެއްޓޭނެ ، ވެއްޓުނީމަ ތިމަންނާ ކައިރީގައި ހުންނަ ކޮންމެފަހަރަކު ނަގައިދެން , އެގޮތުން ކޭމްޕްބެލް ވަރަށް ގޮވާނެ ހަރީ އަޕް އެގޮތުން ހަރީއަޕްއޭ ބުނާއަޑު އެންމެނަށްވެސް މިއިވެނީ ހަރީއޭ ބުނާއަޑު އެގޮތުން ކިޔަންފެށުނު ނަން މިއަދު އުމުރާވެސް ގުޅުވައިގެން ކިޔަމުންދާ ނަމެއް ހެރީބެއްޔާ އެއީ.

އެޒަމާނު ގިނަ މަސައްކަތް އަމިއްލައަށް ފެނިގެން ރަނގަޅަށް ކުރުމުގެ ހިއްވަރު ލިބޭ އެށްކަމަކީ މަސަތްކަތް ފަރުވާތެރިކަމާއެކު ސަރވިސް ދޭކުދިއްނަށް ޓިޕްސް ދިނުމުގެ އާދައެށް ގެންގުޅޭކަން , ޓިޕްސް ނޫނީ ރަނގަޅު އަގުހުރި ހަދިޔާ ލިބޭކަން އެއީ ހަގީގަތެއް. ލައްކަ ރަނގަޅު ސާމާނު ގިނަ މުވައްޒަފުންނަށް ލިބިގެންދިޔަ.

އިނގިރޭސީން ގަމުން ފޭބުމާއި ގުޅިގެން އައްޑުއަށް ލިބުނު ނިކަމެތިކަމާ އާއިލާތަކަށް ލިބުނު ހިތްދަތިކަމުން ގޮތްހުސްވެ ދެންރަށުން ކުރެވޭނޭ މާބޮޑު މަސައްކަތެއް ނެތުމުން ގަމުގައި މަސައްކަތްކުރި ގިނަމީހުން ފަދައިން މާލެދިއުން ނޫންގޮތެއް ނެތްކަމުން ހިތާދެކޮޅަށް މާލެ ދިއުމުގެ ދަތުރުފެށީއެވެ.

1977 ގެ ފަހުކޮޅު މާލެގޮސް ދުވަސްކޮޅަކު އުޅެލުމަށްފަހު އިހުރު ރިސޯރޓް ހަދައި ނިމެމުންދިޔަ ދުވަސްވަރުކަމުން އެތަނުން ވަޒީފާ ލިބިގެން މަސައްކަތް ފަށައިގަތީ ، ހިކަރީ އަޙުމަދު އާދަމްގެ ޖެނެރަލް މެނޭޖަރުކަމުގެ ދަށުން ، ހަނދާންވާ ގޮތުގައި 36 ކޮޓަރި ހުންނަނީ ، 150 ރުފިޔާ ގެ މުސާރައަކުން ފަށައިގަތްވަޒީފާ ، ވެއިޓަރެއްގެ މަސައްކަތް ކުރުމުގެ ތެރެއިން އެފްއެންބީ ގިނަކަންކަން ބެލެހެއްޓުމުގެ ތެރޭ އުޅެމުންގޮސް ދުވަސް ނިމިގެންދަނީ . ގަމުގައި 13 އަހަރުގެ ތަޖުރިބާ އެއީރިސޯރޓުގެ އެފްއެންބީ ސަރވީސްތެރޭ އުޅެގައްނަން ލިބުނު ނަސީބެކެވެ. ޔުނިވަރސިޓީއެއްގެ ޑިގްރީ އަކައްވުރެވެސް ފައިދާ ބޮޑު ކަމުގައި ގަބޫލުކުރެވުނެވެ.

އަޙުމަދު އާދަމްއަކީ އިހުރުގެ ޖެނެރަލް މެނޭޖަރެވެ އާއިލީ ރިސޯރޓެކެވެ އުސޫލުތަކެއް ގެންގުޅޭ އެ ޒަމާނަށް ބަލާއިރު ތަފާތު މޮޅު މަސައްކަތްތެރި މުވައްޒަފުންނާ ގާތް ވެރިއެއްގެ ގޮތުގައެވެ.

އިހުރުގަ ރެސްޓޯރންޓު ބާރ ބެލެހެއްޓުމުގެ މަސަތްކަތުގައި އަހަރުތަކެއް ގައި އުޅެވުނެވެ ވަރައްޓިޕްސު ގޮތުގައި ޑޮލަރު ލިބުނު ޒަމާނެކެވެ މަހަކު އެވެރެޖްކޮއް ފައްސަތޭކަ ޑޮލަރު މަހަކަށް ޖެހޭކަން ފާހަގަކޮއްލިއެވެ އެއީ އެޒަމާނުގެ ފުރައި ފައިސާ ކަމަށް ހެރީބުނެލިއެވެ , އިހުރު ނިންމާލުމަށް ފަހު މަސައްކަތާގުޅުނީ ޓުރެޝަރ އައިލެންޑް ފުރަނަފުށި ރިސޯރޓު އެއީ ބޭރު މެނޭޖުމަންޓެއް ފުރަނައިގަ ވެސް އުޅެވުނީ އެފްއެންވީ ދާއިރާގައި , ޗައިނީސްރެސްޓޯރަންޓު އަދި ބާރގެ މަސަތްކަތް ބެލެހެއްޓުން އެއީވަޒީފާގެގޮތުގައި އަދާކުރަމުން ދިޔައީ , ހެރީ ބުނިގޮތުގައި އެއީ ރާއްޖޭގެ ފުރަތަމަ ޗައިނީސްރެސްޓޯރަންޓުކަމުގައި ވާނެއެވެ.

ދެ އަހަރުފަހުން އެކުންފުނީގެ މާޔާފުއްޓަށް ބަދަލުވެ ރެސްޓޯރަންޓު ބާރް ގެމަސަތްކަތުގައި އުޅެމުން ގޮސް, މާލޭ އޮފީހަށް ބަދަލުވެ މަސައްކަތު އުޅުމުގެ ތެރޭން ބޮޑުބޭބެކިޔާ އާއިލީ މެމްބަރެއް ރިސޯރޓު ދާއިރާއަށް ވަނުމުން އެމަސައްކަތުގެ އެހީތެރިވުމުގައި މަސައްކަތް ފަށައިގަތީ، އެގޮތުންހައެށްކައަހަރު މުޅީންހެން މާލޭ އޮފީހުގެ އެކިކަންކަމުން ގޮސް ޕަރޗޭސިންގް މަސައްކަތް އެއީ އެންމެ ފަހުން ރަސްމީ ރިޒޯރޓު މަސައްކަތުގެ ގޮތުގައި 2006 ވަނަ އަހަރު ނިންމާލީ އެވެ.

އިބުރާހިމްޝިހާބު . ހެރީބެއްޔާ ރާއްޖޭގެ ޓުއަރިޒަމްގައި އެންމެފުރަތަމަ ރެސްޓޯރަންޓު , ބާރ ގެދާއިރާގައި ޓުރެއިނިންގް ލިބިގެން މަސަތްކަތް ފެށި ދިވެހީން .

ރިސޯޓުގެ ބައެށް ހަންދާންތަށް ނިންމާލަމުންވެސް ކިޔާލަދިނެވެ. އެގޮތުން އިހުރުގައި މަސައްކަތްކުރި ދުވަސްވަރު ވަރަށް ޓިޕްސްގެ ގޮތުގައި ޑޮލަރު ލިބުނު ކަމުގައި އަދި އެފައިސާ ވިޔަފާރި ކުރުމަށް އެށްބަންޑުއެށްބަފާ ދައްތައެށްގެ ދަރިޔަކައް ވިޔަފާރިކުރުމަށް ފަސް އަހަރު ވަންދެން ރިސޯރޓުން ޓިޕްސަށް ލިބުނުހާޑޮލަރު ދެމުންދިޔަވާހަކަ ކިޔައިދެމުން ބުނީ ވިޔަފާރިއަކީ ވަރަށް އެހެންކަހަލަ ކަމެއްތާދޯއޭ ދެން އެދުވަސްވެސް ނިމި ދިޔައީތާއެވެ.

މިހާރު ދިރިއުޅެމުން ދަނީ އައްޑުއަތޮޅު ފޭދޫގައި ކަމަށާއި އަމިއްލަ ރަށުގައި ގޭގައި އަމިއްލަ ދަރީންނާ ކާފަދަރީން ވެސް ތިބިކަމުގައި އުމުރުން ދުވަސްވުމާ މަޑުމައިތިރި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ވާހަކަ ހިނިތުން ވެލުމާއެކު ބުނެލިއެވެ.

މުޅި އުމުރުހެން ބުރަކޮށް މަސައްކަތް ކުރެވުނު ، އެގޮތުން ގަމުގެ އިނގިރޭސީން ކައިރި 13 އަހަރު ރިސޯރޓް ޚިދުމަތުގައި 35 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތްކޮށް މިއަދު ވަރުބަލިކަން އިހުސާސްވެ އުމުރުން ދުވަސްވެ އަމިއްލަ ރަށުގައި ލިބެން ހުރި ޚިދުމަތުގެ ކަންބޮޑުވުން ހިއްސާކޮއްލިއެވެ.

ހޮސްޕިޓަލްގެ ޚިދުމަތް މާލެ ނުގޮސް ފަރުޖެހޭނެ ގޮތެއް ނެތް. ދަރީން އަށް އަމިއްލަރަށުގައި ރަނގަޅު ގިނަ ވަޒީފާތަކެއްނެތް. ފެންނަން ހުރީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ވެސް ރޭނިފާހުރި , މަގުފާރުތައް . މީ ދައްކާ ނިމެން އޮތް ވާހަކައެއްނޫން ކަމަށް ބުނެ ނިންމާލި އެވެ.

ޒަމާން ގަނޑަކަށްފަހު ހެރީބެއްޔާ އެކީ ދިގުކޮށް ކަޅެއް ބޯލުމުގެ އުފާލިބުނު

ޝިހާބުބެ ހެރީބެއްޔާ އަކީ ވަރައް ހިނިތުންވުމާ ރައްޓެހި މަޖާ ގާތްކަމާ އެކީ (ޕީއާރު ވަރަށް މޮޅު) މީހެއްކަން ގިނަމީހުން ގަބޫލުކުރެއެވެ އެއީ އަސްލުހެރީބެއްޔާއެވެ.

ހެރީބެއްޔާ އާއެކު ދެގަޑިއެއްހާއިރު އެއްދިގަށް ވާހަކަ ދައްކާލަން އިނދެވުމުގެ ނަސީބަކީ ލައްކަ މައުލޫމާތުގެ މުއްސަނދި ވަގުތުކޮޅެކެވެ. ނުވަދިހަ ޕަސެންޓް ވާހަކަދެއްކީ އިނގިރޭސީންކަން އަދި އެއީ އިނގިރޭސި އެކްސަންޓުން ކަން ފާހަގަކޮށްލެވުނެވެ .
ޓުއަރިޒަމް އަށް ފަންސާސް އަހަރު ފުރިގެންދިޔަ ވާހަކަ އަހާލުމުން ބުނީ ފިފްޓީ އޯރ , ސިކްސްޓީ އޯރ , ހަންޑްރެެޑްސް , ނޯ ޑިފަރަންސް , ނޯރެކޯޑްސް , އޮންލީ މަނީ ޓޯކުސް ، ހާރޑް ވޯރކިންގް ޕީޕަލް ނޯ ވެލިއު ، ? އެއީ ލައްކަ ވާހަކަ ކަން މޫނުމަތިން އަސަރާއެކު ފެނިގެން ދިޔައެވެ . މިވަރުގެ ބޮޑެތި ގުރުބާންތައް އިންޑަސްޓްރީއަށް ވެދެއްވި ގިނަމަސަތްކަތު މީހުން މިއަދުފެނިގެން ދަނީ މިސްކިތްދޮށުއްނެވެ. ބަލިކޮށެވެ. ހާދަ ގިނަ ހިދުމަތެއް ހާދަ އަހަރަކު މައިންބަފައިންނާ އަންބިދަރިއްނާ , ގާތްތިމާގެ މީހުއްނާ , ރަށާ , ދޫކޮއް ކުރެވުނު އަގުނުކުރެވުނު ހިދުމަތްތެރިއްނެވެ.

ޓުއަރިޒަމަށް 50 އަހަރު ވީއިރު އަދުގެ ސަރުކާރު އަދި މިނިސްޓްރީ މިކަންކަން ހަނދުމަ ހުރި ހެނެއް ހިއެއްނުވެ އެވެ. ދެހާސް ބާވީސް ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއް ވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.