Last Updated: February 18, 21:58
Tuesday, February 18, 2025
ޚަބަރު

އަލީ ހާލިދު އަލުން ޕީއެސްއެމްގެ އެމްޑީއަކަށް

ދައުލަތުގެ މީޑިއާ ޕީއެސްްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ ޚާލިދަށް އަނެއްކާވެސް އެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް ރައިސް އޮފީހުން ބުނެފިއެވެ.

އަލީ ހާލިދު އާއި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަމީމު މަގާމުން ވަކިވެފައިވަނީ މަގާމުގެ ދައުރު ހަމަވުވާއި ގުޅިގެންނެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް އަލީ ޚލިދު އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަރަށް އަވަހަށް ނިންމަވާނެކަމަށެވެ. ނަމަވެސް ޝަމީމުގެ މަގާމު ރައީސް އޮފީހަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވޭނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ކުންފުނީގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވަ އެވެ.