Last Updated: April 26, 15:47
Friday, April 26, 2024
ދުނިޔެ

އިންޑިއާގެ ބޭހަކުން އިތުރު 18 މަރު

އިންޑިއާގައި އުފައްދާފައިވާ ބޭސްތަކެއް ދިން ކުދިންތަކެއް އުޒްބެކިސްތާބުން ވެސް މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މެރިއޮން ބައޯޓެކްގެ ދިޔާ ބޭހެއް ދިން 21 ކުދިންގެ ތެރެސިން 18 ކުއްޖަކު މަރުވެ، އެ މައްސަލަ މިހާރު ވަނީ ބަލަން ފަށައިފަ އެވެ، ކުދިންތަކެއް މަރުވީ އެތެރެހަށީގެ ބަލީގެ ބޭހެއް ކަމަށްވާ ޑޮކް-1 މެކްސް ސިރަޕް ދިން ކުދިންތަކެކެވެ.

އުޒްބޭކިސްތާންގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވިހަ މާއްދާތަކެއް އެކުލެވޭ ކަމަށް ގަބޫލުކުރެވޭ ބޭސް އެ ގައުމަށް އެތެރެކޮށްފައި ވަނީ ބޭހުގެ ވިޔަފާރިކުރާ އުޒްބެކިސްތާންގެ ކުންފުންޏެއް ކަމަށްވާ ގްރަމެކްސް މެޑިކަލްއިންނެވެ. މިނިސްޓްރީން ބުނި ގޮތުގައި ޑޮކް-1 މެކްސް ސިރަޕް ދިގެން މަރުވި ކުދިންތަަކީ ޑޮކްޓަރެއްގެ ޕްރެސްކްރިޕްޝަނާ ނުލައި ބޭސް ގަނެގެން ބޭސް ދިން ކުދިންތަކެކެވެ. އަދި އެ ބޭހުގެ ވަކި ބެޗެއްގައި ނުވަތަ ވިއްކާ ހުރިހާ ބޭހެއްގައި މައްސަލަތަކެއް ހުރީތީ ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ދާދި ފަހުން ގެމްބިއާ އިން ވެސް އިންޑިއާގައި އުފައްދާފައިވާ ކެއްސާ ބޭހެއް ދިން 70 ވަރަކަށް ކުދިން މަރުވެ، އެކަން ސީރިއަސް މައްސަލެއްގެ ގޮތުގައި ބަލަން ފަށާފައިވެ ވެ. އަދި އެކަމާ ގުޅިގެން ބޭސް އުފައްދަމުން އައި ކުންފުނި، މެއިޑެން ފާމަސޫޓިކަލްސް ވެސް ބަންދުކޮށްފައިވެ އެވެ.

އިންޑިއާގައި އުފައްދާ ބޭހުން މައްސަލަތައް ފެންމަތިވަމުންދާތީ އެ ގައުމުގެ ބޭސް އެތެރެކުރާ ވަރަށް ގިނަ ގައުމުތަކުން ވަނީ ސަމާލުވާން އެދިފަ އެވެ.