Last Updated: April 19, 18:08
Friday, April 19, 2024
ރިޕޯޓް

އައްޑޫ މެޑި ސިޓީ: އަންހެނުންގެ ޑޮކްޓަރެއް، އާ ޚިދުމަތްތަކެއް

އައްޑޫ މެޑިސިޓީ އަކީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފޭދޫގައި ސިއްޙީ ގިނަ ޚިދުމަތްތަކެއް ދިނުމަށް ހުޅުވި ކްލިނިކެކެވެ. ސިއްހީ ތަފާތު އެކި ހިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދޭ ކްލިނިކަކަށް އައްޑޫ މެޑިސިޓީ ވެފައިވާއިރު މި ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ސްކޭން، ކާޑިއޮލޮޖީ، ޖެނެރަލް މެޑިސިން، އަންހެނުންގެ ބަލިތަކުގެ ހިދުމަތުގެ އިތުރުން އާންމު ބަލިތަކަށް ދޭ ފަރުވާތައް ހިމެނެ އެވެ. މި ކްލިނިކުގައި އިންހައުސް ޑޮކްޓަރުންގެ ޚިދުމަތާއި ވިޒިޓިންގ ޑޮކްޓަރުންގެ ޚިދުމަތް ވެސް ލިބެ އެވެ.

އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑރ.ރަޖާނީ މެޑިސިޓީގައި

އައްޑޫ މެޑިސިޓީގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެންމެފަހުން އިތުރު ކުރެވުނު ބޮޅަކީ އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ.ރަޖާނީ އެވެ. ނޭޕާލްގެ މެޑިކަލް ކޮލެޖް އެންޑް ޓީޗިން ހޮސްޕިޓަލުގައި ތިން އަހަރު ވަންދެން ރެސިޑެންޓް ޑޮކްޓަރުގެ މަގާމާއި، މެޑިކަލް އޮފިސަރުގެ މަގާމު އަދާކޮށްފައިވާ ޑރ.ރަޖާނީ މެޑިސިޓީ ކްލިނިކުގައި ގައިނަކޮލޮޖީ، އޮބްސްޓެޓްރިކް ހިދުމަތްތަކުގެ އިތުރުން ކުދި އޮޕަރޭޝަންތައް ކުރާނެ އެވެ. ޑރ.ރަޖާނީ އެންމެފަހުން ހުރީ ނޭޕާލުގެ ޝިއާ މެމޯރިއަލް ހޮސްޕިޓަލްގެ ގައިނަކޮލޮޖިސްޓްގެ މަގާމުގަ އެވެ.

 

ޑރ.ރަޖާނީ ފޯރުކޮށްދޭ ގައިނަކޮލޮޖީގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާންމު ސިއްހަތު ސްކްރީން ކުރުމާއި، މެންސްޓްރުއަލް އިރެގިއުލަރިޓީޒް، ކޮންޓްރަސެޕްޝަން ކައުންސިލިން، ޕެލްވިކް އިންފްލަމޭޓަރީ ޑިޒީޒް، ސަރވިކަލް ސްކްރީނިން، ޕެލްވިކް ފްލޮރ ޑިސްއޯރޑާޒް، މެނޮޕޯޒް ޓްރީޓްމެންޓް އެންޑް ކައުންސެލިންގެ ހިދުމަތެވެ.

 

މެޑިސިޓީން ފޯރުކޮށްދޭ އޮބްސްޓެޓްރިކް ހިދުމަތްތަކުގެ ތެރޭގައި ޕްރީ ކޮންސެޕްޝަނަލް ކައުންސެލިން، އެންޓިނޭޓަލް ޗެކަޕް، ޑެލިވަރީ، ޕޯސްޓްޕާޓަމް ކެއަރ، ހައި ރިސްކް ޕްރެގްނެންސީ، ޓްރާންސް ވެޖައިނަލް ސޮނޯގްރަފީގެ އިތުރުން އޮބްސްޓެޓްރިކް ސްކޭނެވެ. މީގެއިތުރުން ޕެޕް ސްމިއަރޒް، ޕޮލިޕެކްޓޮމީ އަދި އެންޑޮމީޓްރިއަލް ބަޔޮޕްސީ ފަދަ ކުދި އޮޕަރޭޝަންތައް ޑރ.ރަޖާނީގެ ބެލުމުގެ ދަށުން މެޑިސިޓީގައި މިހާރު ކުރަމުންދެ އެވެ.

 

އޭގެ އިތުރަށް މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެ ކުއްޖާ ބައެއް ބަލިތަކަށް ސްކްރީންކޮށް ލެބޯރަޓަރީ ޓެސްޓުތަކެއްގެ އެހީގައި ދޭ ހިދުމަތްތައް ވެސް މިހާރު މެޑިސިޓީން އަންނަނީ ފޯރުކޮށްދެމުންނެވެ.

މެޑިސިޓީގެ ލެބޯޓްރީއާއެކު އިތުރު ފަސޭހައެއް

އައްޑޫ މެޑިސިޓީ އަކީ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެސްފައިވާ މެޑްފްލެކްސްގެ ދަށުން ހިންގާ ކްލަނިކެއް ކަމަށްވާއިރު މެޑްފްލެކްސްގެ ލެބޯޓްރީ އަކީ އެތައް ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ލެބެކެވެ. މި ލެބުން ރާއްޖޭގައި އާންމުކޮށް ހަދާ ހުރިހާ ލެބޯޓަރީ ޓެސްޓެއް އެންމެ ޒަމާނީ އިކުއިޕްމަންޓާއެކު ހެދޭއިރު މީގެ ފައިދާ އައްޑޫ ރައްޔިތުންނަށް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެ ނުގޮސް ލެބޯޓްރީ ތަފާތު އެކި ޓެސްޓުތަކާއި ފޮލޯއަޕްތައް މިހާރު މެޑިސިޓީން ހެދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ޑިޖިޓަލް ލެބާއެކު މެޑިފްލެކްސް ޑެންޓަލް ކްލިނިކަކީ ވެސް ޒަމާނީ ފެންވަރުގެ ފަރުވާ ލިބޭ ކްލިނިކެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވި މި ކްލިނިކް ތައްޔާރުކޮށްފައިވަނީ ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިދުމަތް ލިބޭ ގޮތަށެވެ. މެޑިފްލެކްސް ގެ "ކެޑްކެމް" ޑެންޓަލް ލެބޯޓަރީ އަކީ ރާއްޖޭގެ އެފަދަ ފުރަތަމަ ލެބޯޓަރީއެވެ.

ފޭދޫ ސޯސަން މަގުގައި ހުންނަ މެޑިސިޓީގެ ހިދުމަތަށް އެދި އެޕޮއިންޓްމެންޓް ހެދުމަށް ގުޅާނީ 6892000 ނަމްބަރަށެވެ.