Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

މާލޭގެ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން ސާފުކުރަނީ

މާލޭގެ މޫނުމައްޗާ ދިމާލު ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން އެ ނަގައި ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީފުން ބުނީ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މަޢުލޫމާތު އެމްއާރުސީސީ އަށް ހެނދުނު 9:10 އެހާކަށްހާ އިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކީ ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު އަންނަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ނަމަވެސް މިއީ ކިހިނެއް މޫދަށް އެޅުނު ތެލެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.