Last Updated: May 13, 13:50
Tuesday, May 13, 2025
ދުނިޔެ

ހައިއަންޑައީގެ ފެކްޓަރީއެއް ސައުދީ އަށް

ކާރު އުފައްދާ ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި، ހައިއަންޑީގެ ފެކްޓަރީއެއް ސައުދީ އަރަބިއްޔާގައި ހަދަން ނިންމައި އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެ ކުންފުންޏާ އެކީ ސޮއިކުރީ ސައުދީ އިންޑަސްޓްރީ އެންޑް މިނެރެލްސް ރިސޯސެސް މިނިސްޓްރީ އާއި އިކޮނޮމިކް އެންޑް ޕްލޭނިން މިނިސްޓްރީ އެވެ. ސައުދީ ސަރުކާރުން ބުނެފައިވާ ހައިއަންޑާއީއާ އެކީ ހެދި އެއްބަސްވުމުގެ ދަށުން ކާރު އުފެއްދުމާ ގުޅޭ މަސައްކަތްތައް މެދު އިރުމަތީގައި ފުޅާވުމަށް މަގުފަހިވެގެން ދާނެ އެވެ. އެގޮތުން ސައުދީގައި ހަދަން ނިންމި އެސެމްބްލީ ޕްލާންޓާ އެކީ ވަޒީފާގެ ގިނަ ފުރުސަތިތަކެއް ވެސް ހުޅުވި، އިލެކްޓްރިކް ވެހިލް (އީވީ) އުފެއްދުމަށް ކުރާ މަސައްކަތްކާއި އެފަދަ އުފެއްދުންތައް މެދު އިރުމަތީގައި ބޭނުންކުރާ މިންވަރު ވެސް އިތުރުވުމަށް މަގުފަހިވާނެ އެވެ.

ހައިއަންޑާއީއާ އެކި ހެދި އެއްބަސްވުމަ އެކީ ސައުދީން ބުނި އެ ކުންފުނީގެ އިންވެސްޓްމަންޓްތައް ވެސް އިތުރުވެ، ކާރު އުފެއްދުމާ ގުޅޭ ދާއިރާ އިން ގިނަ ފުރުސަތުތަކަށް މަގު ހުޅުވިގެން ދާނެ ކަމަޑެވެ. އަދި އެއްބަސްވުމާ އެކ ސައުދީގެ އެއް އަމާޒަކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އީވީތަކަށް އޮންނަ ޑިމާންޑް މަދުވެގެން 2.2 ޕަސެންޓަށް އިތުރުކުރުމެވެ.

ކާރު އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހައިއަންޑައީ އަކީ މީގެ 55 އަހަރު ކުރިން 1967 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. ދުނިޔޭގެ 193 ގައުމެއްގައި އެ ކުންފުނީގެ އުފެއްދުންތައް ވިއްކަމުން އަންނަ އިރު، މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 75،000 އަށް އަރަ އެވެ.