Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފަޅުތެރެއިން 700 ލީޓަރުގެ ތެޔޮ ނަގައިފި

މާލޭ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ 700 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ތެޔޮ ސާފު ކުރުމުގެ މަސައްކަތް މިއަދަށް ނިންމާލާފައިވާއިރު މިހާރު ގާތްގަނޑަކަށް 700 ލީޓަރުގެ ތެޔޮ ނަގާ ސާފުކުރެވިފައިވާ ކަމަށެވެ. މާދަމާ ވެސް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މާލެ ފަޅުތެރެއަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފަޅުތެރެއަށް ތެޔޮ އެޅުނު މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންނަނީ ބަލަމުންނެވެ.