ފުލުހުންގެ އިންފޮމޭޝަން އިންފްރާސްޓްރަކްޗަ (ޕީއައިއައި) އަކީ މުޅި ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަނެއް އެއް ވިއުގައަކުން ގުޅާލެވިފައި ނެޓްވޯކެކެވެ. އޭގެ ތެރޭގައި ފުލުހުންގެ މައި ހެޑްކުއާޓާސްގެ ދެ އިމާރާތާއި ފަސް ބްރާންޗް އޮފީހެއް ހިމެނޭ އިރު، ފަސް ރީޖަނަލް ހެޑްކުއާޓާސް ހިމެނޭ ގޮތަށް އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ 118 އަށް ވުރެ ގިނަ ޕޮލިސް ސްޓޭޝަނާއި ޕޯސްޓްތަކާއި ޑެސްކްތައް ހިމެނެ އެވެ.
މި އެޕްލިކޭޝަނަކީ ކޭސް، އެވިޑެންސް، އެރެސްޓް، ހިއުމަން ރިސޯސް، އަދި ޑޮކިއުމެންޓް މެނޭޖްމަންޓަށް މިޝަން-ކްރިޓިކަލް ގިނަ އެޕްލިކޭޝަންތަކެއް ހޯސްޓްކުރާ އެޕްލިކޭޝަނެކެވެ. އަދި ނެޓްވޯކް އިންފްރާސްޓްރަކްޗަރާ ގުޅުން ހުރި ޚިދުމަތްތައް ހޯސްޓުކޮށް، އެކްޓިވް ޑައިރެކްޓްރީ، އީމެއިލް، ކެމެރާ ރިކޯޑިންގ ސަރވަރ، ޑޭޓާބޭސް ސާވާ އަދި ވެބް ސާވާ ފަދަ ޚިދުމަތްތައް ހޯސްޓުކޮށްދެ އެވެ.
ވަކިން ހާއްސަަކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރާ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އެހީތެރިވެދެ އެވެ. އެގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުގެ އެޖެންސީތަކާއި، އިންޓަޕޯލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ޕަބްލިކް، ޕްރައިވެޓް ސެކްޓަރުތައް މި ސިސްޓަމް މެދުވެރިކޮށް ގުޅާލައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުން ގެންދެއެވެ. މި ސިސްޓަމް މެދުވެރިކޮށް މީރާ، ކަރެކްޝަންސް، ޖުޑިޝަރީ، ޕީޖީ އޮފީސް، ކޯޓުތައް އަދި ސަރުކާރުގެ އެކި ޖަމުއިއްޔާތަކަށް މިހާރު ވެސް ދަނީ މައުލޫމާތު ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑޭޓާ ސެންޓަރުތަކުން ރައްކާތެރިކަމާ އެކު ކޮމްޕިއުޓިން ވަސީލަތްތަކާއި ޕޮލިސިން ޑޭޓާގެ ހުރިހާ ކަމެއް ހޯސްޓުކޮށް ބެލެހެއްޓުމާއި، ސާވ، ކްލައުޑް އިންޖިނިއަރިން އަދި އެޑްމިނިސްޓްރޭޓަރުންގެ ޓީމަކީ ފުލުހުންގެ އިންފޮމޭޝަން އިންފްރާސްޓްރަކްޗަގެ ޚިދުމަތް ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ޓީމެކެވެ.