Last Updated: April 25, 06:02
Thursday, April 25, 2024
މީހުން

އެޕޯލޯ 7 ގެ ފަހު މީހާ ވެސް މަރުވެއްޖެ

މީގެ ބައިގަނަރުނަށް ވުރެ ކުރިން އެމެރިކާ އިން ހަނދަށް ކުރި ދަތުރަށް މަގަފަހިވުމުގެ ބޮޑު އެހީއަކަށްވި ޖައްވީ މިޝަން އެޕޯލާ 7 ގެ އެސްޓްރޮނޯޓުންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ފަހު މީހާ އިއްޔެ މަރުވެއްޖެ އެވެ.

އެ މީހަކީ އުމުރުން 90 އަހަރުގައި މަރުވި ވޯލްޓާ ކަނިމްހަމެވެ. އޭނަ އަކީ އެޕޯލޯ 7 އިން 1968 ގައި ކުރިއަށް ގެންދިޔަ 11 ދުވަހުގެ ޖައްވީ މިޝަންގެ އެއް ބައިވެރިޔާ އެވެ.

އެ ދަތުރަކީ އެމެރިކާ އިން ހަނދަށްދާން ކުރަމުން ދިޔަ މަސައްކަތްތަކާ ގުޅޭ ވަރަށް މުހިއްމު ގިނަ ކަންކަން ފުރިހަމަކުރުމުގެ މިޝަނުގެ ވަރަށް މުހިއްމު ބައިވެރިއެކެވެ. އެޕޯލޯ 7 މިޝަނުގައި ވޯލްޓާއާ އެކި ދެން ހިމެނުނީ ކެޕްޓަން ވޯލްޓާ ޝިރާގެ އިތުރުން ޑޮން އީޒީލް އެވެ.

ޝިރާ އުމުރުން 84 އަހަރުގައި މަރުވީ 2007 ގަ އެވެ. އަދި ޑޮން 57 އަހަރުގައި މަރުވީ 1987 ގަ އެވެ.

އެމެރިކާ އިން އިން އެޕޯލޯ 11 ގައި ހަނދަށް ދިޔައީ އެޕޯލާ 7 ގެ މިޝަން ނިންމައިލިތާ އަހަރަކަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި 1969 ގަ ޖުލައިގަ އެވެ. އެއީ މީގެ 53 އަހަރު ކުރި އެވެ. އެންމެ ފުރަތަމަ ހަނދަށް ދިޔަ މީހާގެ ޝަރަފު ލިބިފައި ވަނީ އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގަށެވެ. އޭނަ ވަނީ 80 އަހަރުގައި 2012 ގައި މަރުވެފަ އެވެ.

ވޯލްޓާގެ މަރާ ގުޅިގެން ނާސާ އިން ބުނީ އޭނަގެ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެކަމަކު އެމެރިކާގެ ތާރީހުން ދުވަހަކު ވެސް ވޯލްޓާގެ ނަން ފަނޑުވެގެން ނުދާނެ ކަމަށެވެ. އަދި ޖައްވީ މިޝަންތަކާއި އެ ދާއިރާ އިން އެމެރިކާގެ ހޯދި ކުރިއެރުންތަކާއި ކާމިޔާބީތަކުގެ ވާހަކަ ދައްކާ އިރު، ވޯލްޓާ އަކީ އަބަދު ވެސް ހަންދާން އާ ކުރެވޭނެ އެސްޓްރޮނޯޓެއް ކަމަށް ނާސާ އިން ބުންޏެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި މުޅި ނާސާ އޮތީ ވޯލްޓާގެ އާއިލާއާ އެކީ." އެތަނުން ނެރުނު ބަޔާނުގައި ބުންޏެވެ. "ގެއްލިގެން ދިޔައީ ހަގީގީ ހީރޯއެއް. ވޯލްޓާގެ މަތިން އަބަދު ވެސް ހަނދާން އާ ވާނެ."

ވޯލްޓާ ނާސާ އިން ރިޓަޔާކުރީ 1971 ގަ އެވެ.