Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ހުޅުމީދޫ ގެސްޓްހައުސް ވިޔަފާރިތަކަށް ބައްދަލުމެއް

މީދޫގައި ހިންގާ ޒެން ގެސްޓް ހައުސް.

އައްޑޫ ހުޅުމީދޫގައި ގެސްޓްހައުސް ހިންގާ ވިޔަފާވެރިންނާ އެކު އޮޑިޓަ ޖެނެރަލް އޮފީހުން މިއަދު ބައްދަވުމެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:00 ގައި މީދޫ އަވަށު އޮފީހުގަ އެވެ. އެހެންވެ މި ބައްދަލުމުވުމުގައި ހުޅުދު އާއި މީދޫގައި ގެސްޓް ވިޔަފާރި ހިންގާ މީހުން ބައިވެރިވާން ވަނީ ދައުވަތު ދީފަ އެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ޕަފޯމަންސް އޮޑިޓާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ކުރިއަށް ގެންދާ އޮޑިޓަށް ބޭނުންވާ މައުލޫމާތު ހޯދައި، މައުލޫމާތުތައް ހިއްސާކުރުމެވެ.

އައްޑޫގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނަ އިރު، މި ސިޓީ އަކީ ހިމާޔަތްކޮށްފައިވާ ތަންތަން ވެސް ހިމެނޭ ސަރަހައްދެކެވެ. އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދު އަކީ ވެސް ގެސްޓްހައުސްގެ ވިޔަފާރި އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވަމުން އަންނަ ދެ ރަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އައްޑޫގައި ރަޖިސްޓްރީކޮށްފައި ވަނީ 18 ގެސްޓްހައުސްއެއް ނަމަވެސް އޮޕަރޭޓްކުރަނީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަނެވެ.