Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ލަންކާ އިން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަނީ

ސްރީ ލަންކާ އިން ސޯޝަލް މީޑިއާ ރެގިއުލޭޓްކުރަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ބޭނުން ވަނީ ސިންގަޕޫރްގައި އަމަލުރަމުން އަންނަ ކަހަލަ އުސޫލެއްގެ ދަށުން ލަންކާގައި ވެސް ސޯޝަލް މީޑިއާ ރެގިއުލޭޓްކޮށް، ފާރަވެރިވާނެ ގޮތްތަކެއް ހަމަޖައްސަން ކަމަށެވެ. އެގޮތުން މިހާރު މުވާސަލާތީ ހިދުމަތްތަކާ ގުޅޭ ގާނޫނު އަލުން މުރާޖާކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ގާނޫނުގެ ދަށުން ޕްރިންޓް އަދި އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓްކުރަމުން ދިޔަ ސޯޝަލް މީޑިއާ ރެގިއުލޭޓްކުރާނެ ފްރޭމްވޯކެއް ނެތުމަކީ މިހާރަށް ބަލާ އިރު، ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ލަންކާ އަކީ އެއްވެސް ހިފަހެއްޓުމެއް ނެތް ގޮތަށް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއް ވެސް ބޭނުންކުރެވޭ ގައުމެކެވެ. ސޯޝަލް މީޑިއާ އަކީ މިހާރު ހިޔާލުފާޅުކުރަން ގިނަ އެންމެ ބޮޑަށް ބޭނުންކުރާ އެންމެ ބާރުގަދަ ވަސީލަތެވެ.