Last Updated: April 24, 18:14
Wednesday, April 24, 2024
ދުނިޔެ

އެމެރިކާގެ މަޖިލީހުގައި ޓިކްޓޮކް މަނާކޮށްފި

އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލަމުން ދަނިކޮށް، މަޖިލީހުގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި އެވެ.

އެތަނުގެ މުވައްޒަފުންނަށް ފޮނުވި ނޯޓިހެއްގައި ވަނީ އެ އިދާރާގެ އެއްވެސް ޑިވައިސްއަކުން ދެން ޓިކްޓޮކް ބޭނުންކޮށްގެން ނުވާނެ ކަމަށާއި އެ އެޕް އަޅާފައިވާ ހުރިހާ ޑިވައިސްތަކަކުން އެ އަންއިންސްޓޯލްކުރުމަށެވެ.

މަޖިލީހުގައި ޓިކްޓިކް ބޭނުން ކުރުން މަނާކުރީ އެ ބޭނުންކުރާ މީހުންނަށް ދިމާވެދާނެ ނުރައްކާތަކުން އެ މީހުން ސަލާމަތްކޮށް ދިނުމުގެ އިތުރަށް ޗައިނާގެ ބައިޓް ޑާންސުން ހިންގާ ޓިކްޓިކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް ހަމަ އެ ބަހަނާއާ އެކީ ޓިކްޓޮކްގެ އޭނަގެ ވެރިލަމުގެ ފަހުކޮޅު ޓިކްޓޮކް މަނާކުރަން ވަރަށް މަސައްކަތްކުރި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޓިކްޓޮކް ބޭނުން ކުރުން މަނާކުރި އިރު، ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ވެސް އެ އެޕް ބޭނުންކުރަން މަނާކުރުމަށް ރައީސް ޖޯ ބައިޑެން އަށް އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު އެފަދަ އެއްވެސް ބިލެއްގައި ރައީސް އަދި ސޮއެއް ނުކުރައްވަ އެވެ.

އެމެރިކާގައި ޓިކްޓިކް ބޭނުންކުރާ މީހުން މިލިއަނަކަށް ވުރެ ގިނަ އެވެ.