Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ލޮލުރޯގާ އިތުރުވާތީ ސަމާލުވާން އެދިއްޖެ

އައްޑޫގައި ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން.

މިހާރު ރާއްޖޭގައި ލޮލުރޯގާ އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ލޮލުރޯގާ އަކީ ތަފާތު ވައްތަރުގެ ޖަރާސީމުތަކާއި ވައިރަހުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ލޮލުން ފެން އައުން، ލޯ ހިރުވުން، ލޯ ރަތްވުން އަދި ލޮލުގައި މަޑުލުން ހިމެނެ އެވެ.

މި ބަލިން ރައްކާތެރިކަން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތައިލުން ހިމެނެ އެވެ.