Last Updated: April 23, 13:19
Tuesday, April 23, 2024
ދުނިޔެ

އެޕަލް އިން އަމިއްލަ ޑިސްޕްލޭ އުފައްދަނީ

އެހެން ކުންފުނިތަކަށް ބަރޯސާވުން ކުޑަކުރަން އެޕަލް ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު މުޅިން އަމިއްލަ ޑިސްޕްލޭ އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްލޫމްބާގް އިން ބުނެފައިވާ ގޮތުގައި އަމިއްލަ ޑިސްޕްލޭއާ އެކި އެޕަލް އިން ފުރަތަމަ ނެރޭނީ އެޕަލް ވޮޗެވެ. އަދި ފެންވަރު ވަރަށް ރަނގަޅު ޑިސްޕްލޭއާ އަންނަ އަހަރުގެ ފަހުކޮޅު އެޕަލް ވޮޗް ނެރޭބެ އެވެ. އަދި ކުންފުނީގެ އެހެން އުފެއްދުންތަކަށް ވެސް އަމިއްލަ ޑިސްލްޕްލޭ ފައްތަން ޕްލޭންކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އައިފޯންތަކުގައި ވެސް ބޭނުން ކުރާނި އެޕަލްގެ އަމިއްލަ ޑިސްޕްލޭ އެވެ. މިއާ އެކީ މިހާރު ބޭނުންކުރާ އޯލެޑް ޑިސްޕްލޭ މައިކްރޯލެޑް ކިޔާ ޓެކްނޮލޮޖީއަކަށް ބަދަލުވެގެން ދާނެ އެވެ.

އެޕަލް އަށް މިހާރު ޑިސްޕްލޭ ސަޕްލައިކޮށް ދެނީ ސެމްސަންގް އިލެކްޓްރޯނިކްސް އާއި އެލްޖީ ގްރޫޕް ފަދަ ކުންފުނިތަކުންނެވެ.

ބްލޫމްބާގް އިން ބުނި ގޮތުގައި އަމިއްލަ ޑިސްޕްލޭއެއްގެ އިތުރުން އެޕަލް އިން ވަނީ 2025 ގައި އަމިއްލަ ޗިޕް ވެސް ބޭނުންކުރަން ޕްލޭންކޮށްފަ އެވެ. އެގޮތުން އޭގެ ފަހުން ދެން އެޕަލްގެ ޑިވައިސްތަކުގައި ބޭނުން ވަނީ ސީދާ އެލަޕް ކުންފުނިްނ އުފައްދާ ޗިޕެވެ. މިހާރު އެ ކުންފުނިން ޗިޕަށް ބަރޯސާވަނީ ބްރޯޑްކޮމް އިންއަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެޕަލް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.