Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

"ރަން ތާޖު" އޮޑިޝަނަށް ބަދަލުތަކެއް

ރާއްޖެ ޓީވީން ކުރިއަށް އޮތް ރޯދަ މަހު "ރަން ތާޖު" ގެ ނަމުގައި ގެނެސްދޭން ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގެ އޮޑިޝަން ތާވަލަށް ބަދަލުތަކެއް ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތަށް ބައިވެރިން ހޯދަން އޮޑިޝަން ކުރިއަށް ގެންދަން ކުރިން ނިންމީ މާލެ ހިމެނޭ ގޮތަށް 10 ރަށެއްގަ އެވެ. ނަމަވެސް މިހާރު ވަނީ ބައެއް ރަށްތަކާއި ތާރީހުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.

ނަމަވެސް ކުރިން ވެސް އޮތް ގޮތަށް އަންނަ އާދީއްތަ ދުވަހު އައްޑޫ ހިތަދޫގައި އޮޑިޝަން އޮންނާނެ އެވެ. ކުރިން ފެބްރުއަރީ 15 ގައި އެކަނި މާލޭގެ އޮޑިޝަން ބާއްވާ ގޮތަށް އޮތް ނަމަވެސް މިހާރު ވަނީ އެ މަހުގެ 15 އާއި 16 ގައި މާލޭގައި އޮޑިޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

"ރަން ތާޖު" ގެ އޮޑިޝަން މިހާރު ރޭވިފައިވާ ގޮތް:

* ޖެނުއަރީ 15 ގައި ހިތަދޫގައި
* ޖެނުއަރީ 18 ގައި ގދ. ތިނަދޫގައި
* ޖެނުއަރީ 21 ގައި ދ. ކުޑަހުވަދޫގައި
* ޖެނުއަރީ 23 ގައި ފ. ނިލަންދޫގައި
* ފެބްރުއަރީ 1 ގައި ބ. އޭދަފުށީގައި
* ފެބްރުއަރީ 4 ގައި ހދ. ކުޅުދުއްފުށީގައި
* ފެބްރުއަރީ 7 ގައި އއ. ރަސްދޫގައި
* ފެބްރުއަރީ 10 ގައި ޅ. ނައިފަރުގައި
* ފެބްރުއަރީ 15 އަދި 16 ގައި މާލޭަގައި

"ރަން ތާޖު" ގެ އޮޑިޝަން ކުރިން ރޭވިފައި އޮތް ގޮތް:

* ޖެނުއަރީ 15 ގައި އައްޑޫގައި
* ޖެނުއަރީ 17 ގައި ފުވައްމުލަކުގައި
* ޖެނުއަރީ 20 ގައި ގދ. ތިނަދޫގައި
* ޖެނުއަރީ 24 ގައި ލ. ގަމުގައި
* ޖެނުއަރީ 31 ގައި ދ. ކުޑަހުވަދޫގައި
* ފެބްރުއަރީ 3 ގައި ބ. އޭދަފުށީގައި
* ފެބްރުއަރީ 7 ގައި އއ. ރަސްދޫގައި
* ފެބްރުއަރީ 10 ގައި ށ. ފުނަދޫގައި
* ފެބްރުއަރީ 9 ކުޅުދުއްފުށީގައި
* ފެބްރުއަރީ 15 ގައި މާލޭގައި

އުމުރުން 16-45 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަކޮށްފައިވާ "ރަން ތާޖު" ގެ އޮޑިޝަނުން ހޮވަން ހަމަޖެހިފައި ވަނީ 20 ބައިވެރިންނެވެ. އޮޑިޝަނަށް ނަން ނޯޓް ކުރުުގެ ފުރުސަތު ކުރިން މި މަހުގެ 10 އާ ހަމައަށް ދިން ނަމަވެސް އެ މުއްދަތު މިހާރު ވަނީ މާދަމައާ ހަމައަށް އިތުރުކޮށްފަ އެވެ. ނަން ނޯޓްކުރަން މެސެޖް ކުރަން ޖެހޭ ގޮތަކީ އާރްޓީ ސްޕޭސް ޖެހުމަށް ފަހު ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު ޖަހާފައި 450 އަށް ފޮނުވާނީ އެވެ.

"ރަން ތާޖު" މުބާރާތަށް 300،000ރ. ހުށަހަޅާފައިވެ އެވެ.