Last Updated: May 5, 06:39
Monday, May 5, 2025
ޚަބަރު

ކުޅުދުއްފުށީ ކުނިފުނި ސާފުކުރަން ފަށައިފި

ހދ.ކުޅުދުއްފުށި ސިޓީގެ ކުނިކޮށްޓަށް ޖަމާކުރެވި އެތައް އަހަރެއްވީ ކުނިފުނި ސާފުކުރުމުގެ މަސައްކަތް ފަަށައިފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ކުނި ފުނީގައި ލަފާކުރެވޭ ގޮތުން އެކި ބާވަތްތަކުގެ 100000 ޓަނަށް ވުރެ ގިނަ ކުނި ހިމެނޭ ކަމަށެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވާއިރު ކުނި ފުނި ސާފުނުކުރެވި ހުރުމުގެ ސަބަބުން ދިމާވާނެ އާންމު ސިއްހީ މައްސަލަތަކުން ސަލާމަތް ވާން އެ ސިޓީގެ ރައްޔިތުންނަށް ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއީ މިކަންކަން ޙައްލު ކުރުމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވެމްކޯ އާއި ގުޅިގެން ހިންގާ ޚާއްޞަ މަސައްކަތެކެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މި ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވެމްކޯ އިންނެވެ.