Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރައީސް އައްޑު އަށް ވަޑައިގަންނަވާނީ ހަވީރު

ރައީސް މިދިޔަ އަހަރުގެ މާޗްގައި އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު އައްޑު ވައަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާއި ރަސްމީ ދެ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދެ ހަަފުލާ އަކީ ފޭދޫ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތާއި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ޕާސަނަލް ޕެރޭޑެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގެ ހަރަދު ކުރައްވާނީ ކެމްޕޭން ޓީމުން ކަމަށެވެ. އަދި ކެމްޕޭނަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ރައީސް ބޭނުން ނުކުރައްވާނެ ކަމަށް ވެސް މިއުވާން އޭނާ އެވެ.

"ދައުލަތުގެ އެއްވެސް ވަސީލަތެއް އެމަނިކުފާނު ކުރިއަށް ގެންދަވާ ޕްރައިމަރީ ކެމްޕެއިންގައި ބޭނުމެއް ނުކުރައްވާނެ. ދައުލަތުން އެއްވެސް ހަރަދެއް ނުދާނެ." މިއުވާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެވެ. ކެމްޕޭނަށް ނަޝީދު ވެސް އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ. އެއީ މި މަހުގެ 23 ގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.

ރައީސް ސޯލިހް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިިދިޔަ އަހަރުގެ މާޗްގަ އެވެ.