Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މޮނިޓަރިން ރިޕޯޓް ހުށަނާޅާ ނަމަ ފިޔަވަޅު އަޅަނީ

ރާއްޖޭގައި މަޝްރޫއުތައް ހިންގުމުގެ ކުރިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތަށް މޮނިޓަރިން ރިޕޯޓުތައް ހުށަހަޅަމުން ނުދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެންވަޔަރަމަންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) އާއި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންތަކުގެ ވެއްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ރޭވިފައިވާ ޕްލޭންގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު، ވެއްޓަށް އަންނަމުންދާ ބަދުލިތައް ދެނެގަތުމުގެ ރިޕޯޓު އެ ހުށަހަޅާންވާނެ ކަމަށެބެ. ނަމަެސް ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ރިޕޯޓުގައި އޮތަސް، މަޝްރޫއުތައް ހިންގާ ފަރާތްތަކުން މޮނިޓަރިން ރިޕޯޓު ހުށަހަޅަމުން ނުދާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އެގޮތުން މަޝްރޫއުތައް ހިންގާ ބައެއް ފަރާތްތަކުން، ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫއުގެ މަސައްކަތް ފެށުމަށް ފަހު، މަސައްކަތް ފެށި ތާރީހު ވެސް އީޕީއޭއަށް އަންގަމުން ނުދާ ކަމަށް ބުންޏެވެ.

އެހެންވެ މި މަހުގެ 1 ފަހުން އީޕީއޭ އިން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މޮނިޓަރިން ރިޕޯޓުތައް ހުށަހަޅަމުން ނުދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި ޖެނުއަރީގެ ފަހުން މި އެޖެންސީން ދޫކުރާ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތަށް މޮނިޓަރިން ރިޕޯޓުތައް ހުށަހަޅައްވަމުން ނުގެންދަވާ ފަރާތްތަކުގެ ޑިއުލިޖަންސް ރިޕޯޓުތަކަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން މި އެޖެންސީން ހޯދުމަށް އެދޭ މައުލޫމާތުގައި އެކަން ބަޔާންކުރަމުން ގެންދާނެ ވާހަކަ މަޝްރޫއުތައް ހިންގަމުންދާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަމެވެ." ބަޔާނުގައި ބުންޏެވެ.

އަދި ޝްރޫއުތައް ހިންގާ ފަރާތްތަކުން ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިން މަޝްރޫއުގެ މަސައްކަތް ފެއްޓުމަށްފަހު، ފެއްޓި ތާރީހު އަންގަމުން ދިއުމަށް އީޕީއޭއިން އިލްތިމާސްކުރި އެވެ.